އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ ސީޒަންގައި ވެސް އީސަ ފެނިގެންދާނީ މާޒިޔާއިން

އަންނަ ސީޒަންގައި ވެސް އީސަ ފެނިގެންދާނީ މާޒިޔާއިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު


މިދިޔަ ސީޒަންގެ މެދުތެރެއިން މާޒިޔާއާ ގުޅުނު އިސްމާއިލް އީސާ، އަންނަ ސީޒަންގައި ވެސް ފެނިގެންދާނީ އެ ކްލަބުންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއުން ހާމަކޮށްފިއެވެ.
މާޒިޔާގެ ފޭސްބުކް ޕޭޖުގައި އެ ކްލަބްއުން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރެއިން އެ ކްލަބާ ގުޅުނު އީސަ ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރު ނިމެންދެން އޭނާ ކްލަބްގައި މަޑުކުރާނެކަމަށާއި އީސަ ސޮއިކޮށްފައިވަނީ ދެ އަހަރާއި ހަ މަހުގެ އެއްބަސްވުމެއްގައި ކަމަށެވެ.

އީސައަކީ ރާއްޖޭގައި އުފެދުން އެންމެ ހުނަރުވެރި އަދި އެންމެ އުފެއްދުންތެރި އެއް މިޑްފިލްޑަރުކަމަށާއި ވޭތުވެދިޔަ ދެތިން ސީޒަންގައި އޭނާގެ ފެންވަރު ސާބިތުކޮށްފައިވާކަމަށް މާޒިޔާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ. އަދި އަންނަ ސީޒަންގައި މާޒިޔާގެ ސްކޮޑްގެ އެންމެ ޚާއްޞަ އެއް ބައިވެރިޔަކަށް އީސަ ވާނެކަމަށް ވެސް މާޒިޔާއިން ބުނެފައިވެއެވެ.

މިދިޔަ ސީޒަންގައި އީސަ ފެށީ ވިކްޓަރީ ސްޕޯޓްސް ކްލަބްއުންނެވެ. އެހެން ނަމަވެސް، މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި، ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު މާޒިޔާއަށް ގެއްލުމުން ސީޒަންގެ މެދުތެރެއިން އޭނާ މާޒިޔާއާ ގުޅުނީއެވެ. ވިކްޓަރީއާއި މާޒިޔާގެ އިތުރުން އީސަ ވަނީ ފުރަތަމަ ޑިވިޝަންގައި ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް، އަދި ކްލަބް އީގަލްސްއަށް ވެސް ކުޅެފައެވެ.
އަންނަ ސީޒަނަށް ސްކޮޑް ވަރުގަދަކުރުމަށްޓަކައި މާޒިޔާއިން ވަނީ ޓީސީ ސްޕޯޓްސް ކްލަބްއަށް ކުޅުނު އެޓޭކިން މިޑްފިލްޑަރު ނާއިޒު ހަސަން (ދާދު)، ގްރީން ސްޓްރީޓްސްއަށް ކުޅުނު އަހުމަދު ހަސަން، ގްރީން ސްޓްރީޓްސްއަށް ކުޅުނު އަހުމަދު ނިޒާމް (ނިޒާމްބެ)، އަދި އީގަލްސްއަށް ކުުޅުނު ޑިފެންޑަރު މުޖްތާޒު މުހައްމަދު (މުޖޭ) ގެނެސްފައެވެ.

މިދިޔަ ސީޒަންގައި މާޒިޔާއިން ފެނިގެންދިޔަ ހުނަރުވެރި މިޑްފިލްޑަރު މުހައްމަދު އުމައިރު ވަނީ އެ ކްލަބް ދޫކޮށް ނިއު ރޭޑިއަންޓްއަށް ސޮއިކޮށްފައެވެ.
މާޒިޔާއަށް ސީޒަން ފެށިގެންދާނީ އަންނަ މަހުގެ 26ގައި ފަށާ މާލޭ ލީގާއެކުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް