ޒޯޔާ އަޚުތަރުގެ 'ގުލީ ބޯއީ' ފިލްމުގެ ޝޫޓިން ފަށައިފި
ޒޯޔާ އަޚުތަރުގެ 'ގުލީ ބޯއީ' ފިލްމުގެ ޝޫޓިން ފަށައިފި
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު
ޒޯޔާ އަޚުތަރު ޑައިރެކްޓް ކުރާ 'ގުލް ބޯއީ' ފިލްމުގެ ޝޫޓިން މިއަދު ފަށައިފިއެވެ.
ފިލްމުގެ ޝޫޓިން ފެށިއްޖެކަމަށް ޒޯޔާ ހާމަކޮށްފައިވަނީ މިއަދު އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކޮށްފައިވާ ޕޯސްޓަކުންނެވެ.
މިއުޒިކް އިންޑަސްޓްރީ ތެރޭގައި ރެޕަރުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޒުވާނުންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އާލިއާ ބަޓް، ރަންބީރު ސިންގް، އަދި ކަލްކީ ކޮއެޗްލިންއެވެ. މިއީ މި ތިން ތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމަކީ ޒޯޔާއާއި އާލިއާ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށްވީއިރު، މިއީ ޒޯޔާއާއެކު ރަންބީރާއި ކަލްކީ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން ޒޯޔާއާއެކު ރަންބީރު މަސައްކަތްކޮށްފައިވަނީ 2015 ވަނަ އަހަރު ނުކުތް 'ދިލް ދަޅަކްނޭ ދޯ' ފިލްމުގައެވެ. އަދި ޒޯޔާއާއެކު ކަލްކީ ވަނީ 2011 ވަނަ އަހަރު ނުކުތް 'ޒިންދަގީ ނާ މިލޭގީ ދޯ ބާރާ' ފިލްމުގައި މަސައްކަތްކޮށްފައެވެ.
ޒޯޔާގެ ކޮއްކޮ ފަރުހާން އަޚުތަރާއި ރިތޭޝް ސަދުވާނީގެ އެކްސެލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ މި ފިލްމު، ރިލީޒްކުރާނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
15 ޖެނުއަރީ 2018