އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ދަރިން ވަރުގަދައަށް ބަލަހައްޓަންޖެހެނީ މިހެންވާތީ.

އަންހެން ދަރިން ވަރުގަދައަށް ބަލަހައްޓަންޖެހެނީ މިހެންވާތީ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ގޭގެ އެންމެން ނިދިއިރުވެސް އަންހެން ދަރިފުޅު ގެއަކަށް ނާދެއެވެ. މިކަން މިގޮތަށް މެދުވެރިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އެއީ ބޮޑުކަމަކަށް ނުހަދައި ތިބީ އަންހެން ދަރިފުޅަކީ ޔުނިވަރސިޓީގައި ކިޔަވާ ބޮޑު ކުއްޖަކަށްވާތީއެވެ.

އެރޭ ބައްޕައަށް ހޭލެވުނޫ 3:00 ހައިއިރުއެވެ. ހޭލެވިގެން ގޮސް ދަރިފުޅުގެ ކޮޓަރި ހުރީ ތަޅުލައިފައެވެ. ކޮޓަރީގައި ދަރިފުޅު އޮތްކަން ކަށަވަރުކުރަން ބައްޕަ ބޭނުންވިއެވެ.

ދޮރުގައި ތަކިޖަހާތާ އިރުކޮޅެއްފަހުން ދަރިފުޅު ދޮރު ހުޅުވިއެވެ. ނަމަވެސް ދަރިފުޅުގެ މޫނުމަތިން ފެންނަން ހުރި ހާސްކަން ބޮޑުކަމުން ބައްޕަގެ ހިތުގައި ޝައްކުތަކެއް އުފެދުމުން ކޮޓަރިއަށް ބައްޕަ ވެނެވެ.

ކޮޓަރިތެރެއަށް ބަލައިލުމުން ބައްޕައަށް ފެނުނީ ފިރިހެން ޖީންސެއް އަޅުވާފައި ހުއްޓައެވެ. ދެބަފައިންގެ މެދުގައި މައްސަލަ ހޫނުވިއެވެ. ބައްޕަ ކޮޓަރިތެރެ ހޯދަން ފެށިއެވެ.

އެނދު ދަށުން ދަމާ ނެރެންޖެހުނީ ހުސް ޖަނގިޔާގައި އޮތް ޒުވާން ފިރިހެން ކުއްޖެކެވެ. އައި ރުޅީގައި ފުލުހުންނަށް ގުޅައި ގެއަށް ގެނުވިއެވެ.

އަންހެން ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ އެއީ ވެސް ކޮލެޖުގައި ކިޔަވާ ކުއްޖެއް ކަމަށެވެ. ދެ ކުދިން ބައްދަލުވެ ގުޅުންބަދަހިވީތާ އަހަރެއްހައި ދުވަސް ވެއްޖެ ކަމަށެވެ. ދެކުދިން "ގުޅުން ހިންގާތާ" ވެސް ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ނަޞީބު ދެރަކަމުން އެރޭ ނުއެނގި ދެކުދިންނަށްވެސް ނިދުނީ ކަމަށާއި ހޭލެވުނީ ޓަކިޖަހަން ފެށުމުން ކަމަށެވެ.

އެނދުދަށަށް ކުއްޖާ ވެއްދީ ބައްޕައަށް ފޮރުވުމަށެވެ. ނަމަވެސް މިއީ މިފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރުކަމަށްވާތީ ޖިންސް ފޮރުވަން ނުވިސްނުނީ ކަމަށެވެ.

މިކަމާއި ގުޅިގެން ދެބަފައިންގެ ގުޅުން ކެނޑުނެވެ. ވާހަކަވެސް ނުދައްކައި އެތައް ދުވަހަކު ތިބުމަށްފަހު އެއްދުވަހަކު ދަރިފުޅު އަހައިލިއެވެ. "ބައްޕާއެވެ. އަދިވެސް ތިހުރީ ހަމަ ރުޅިން ހެއްޔެވެ؟"

ޖަވާބުގައި ބައްޕަ ބުންޏެވެ. "ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް ހިނި އައިނަމަވެސް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ދަރިފުޅުގެ މަންމަ އާއި ބައްޕަ ކައިވެނިކުރީ ބިކުރުވެރި އަންހެނެއްގެ ގޮތުގައެވެ. ދަރިފުޅަށް ދެން އެގޮތުގައި ކައިވެންޏެއް ކުރެވިދާނެ ހެއްޔެވެ؟"

މިއީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ދުބާއީގެ ފުލުހުން ޢާންމުކުރި ޚަބަރެކެވެ. ދިވެހި ވެށްޓާއިވެސް ވަރަށް ގުޅުން ހުރި ޚަބަރެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Meena 2018-01-19 16:10:59

Theega hama ekani anhen dharieh noon dho varugadhayah balahattanvee. Kobaa firihrn dhareege mainbafainge zinmaa

Ibrahim 2018-01-19 18:08:21

Miraajjeyga bikuruveringe gothugai 3%ves nuthibeyne


އަބްދުއްލަތީފް