އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމީނިއްޔާ ސްކޫލު ބެލެނިވެރިންނަށް އެސްކޫލު ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ދީފި

އަމީނިއްޔާ ސްކޫލު ބެލެނިވެރިންނަށް އެސްކޫލު ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އަމީނިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް އެސްކޫލު ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯ ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިހިނގާ ޖެނުއަރީ މަހުގެ 16 ން 20 ވަނަ ދުވަހުގެ ނިޔަލަށް އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ސްކޫލު ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލު ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޭ ހަމަޖެހިފައިވާ ގޮތާއި އެސަރަޙައްދަށް އަލަށް ގެނެސްފައިވާ ބަދަލުތަކާއި ދަރިވަރުން ސްކޫލަށް ގެނައުމުގައި ބެލެނިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަމީނިއްޔާ ސްކޫލުގެ ގްރޭޑް 2 ން ފެށިގެން ގްރޭޑް 10 އާދެމެދު ގްރޭޑްތަކުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ އެވެއަރނަސް އޮފިސަރުންނެވެ.

2018 ވަނަ އަހަރު ދިރާސާ އަހަރާ ގުޅިގެން ސްކޫލުތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑިތަކުގައި ޓްރެފިކް ފުލުހުން ދަނީ ސްކޫލުތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންނެވެ.


ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު