އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

6 ދަރިން މަރުވި ރޭ ނިދަން އޮށޯތުމުން ދަރިއަކު އައިސް "އަހަރެމެން ސަލާމަތްކޮށްދެއްވުން" އެދި ކުރާ ދުޢާ ނުކިޔޭކަން ހަނދާންކޮށްދިން- މަންމަ

6 ދަރިން މަރުވި ރޭ ނިދަން އޮށޯތުމުން ދަރިއަކު އައިސް "އަހަރެމެން ސަލާމަތްކޮށްދެއްވުން" އެދި ކުރާ ދުޢާ ނުކިޔޭކަން ހަނދާންކޮށްދިން- މަންމަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

"އަހަރެމެން އެންމެން އެކުގައި ތިބެފައި 10 ޖެހުމުން ހުރިހާ ކުދިން ނިދަން ބުނީމެވެ. އެއީ އާދައިގެމަތިން އެންމެން ނިދާ ވަގުތެވެ.

އަންހެން ކުދިން އެކުދިންގެ ކޮޓަރިއަށް ގޮސް ނިދަން އޮށޯތީއެވެ. ފިރިހެން ކުދިން ނިދަނީ އަހަރެންގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައެވެ. އެކުދިން އެދުނީ އަދި ކުޑައިރުކޮޅަކު އެކުދިންގެ ކޮޓަރީގައި މަންމަ މަޑުކޮށްލަދިނުމަށެވެ.



ކޮޓަރީގައި ތިބެގެން އުފަލުން މަޖާ ވާހަކަތައް ދެއްކިއެވެ. އެގޮތަށް ތިބެ ކުދިން ހިތް ހަމަޖެހިގެން ނިދަން އުޅެންފެށުމުން ނިދަމުން ކިޔާ ދުޢާތައް ކިޔައި ދީފައި އަހަރެން ކޮޓަރިން ނުކުމެ ނިދަން އޮށޯތީމެވެ. އޮށޯވެ އޮއްވައި ދަރި އަޙްމަދު އައިސް ބުނީ މަންމަ އަދި އެއް ދުޢާ ނުކިޔާ ކަމަށެވެ. "އަހަރެމެންނަށް ސަލާމަތްކަން ދެއްވެވުން އެދި ކުރާ ދުޢާ މަންމަ މިރޭ ނުކިޔާ ކަމަށެވެ. އެނބުރި ކޮޓަރިއަށް ގޮސް އެ ދުޢާ ވެސް ކިޔައިދިނީމެވެ.



ދެން ހޭލެވުނީ ގޭގައި އަލިފާން ރޯވެ އަނދަމުން ދަނިކޮށެވެ. އަހަރެންގެ ކޮއްކޮ ވަގުތުން ގެއަށް އައެވެ. އެ ގަދަ ހޫނުގައިވެސް ކުދިން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ވަގުތު ފާއިިތުވީއެވެ. ހުރިހާ ކުދިން ތިބީ މަރުވެފައެވެ. މާތް ﷲ ހުރިހާ ދަރިންގެ ފުރާނަ ގެންދެވީއެވެ.

އެރޭ 11 ޖެހިއިރުވެސް އެއްމާބަނޑު ދެ އަންހެން ދަރިން ކެއްސާތީ އުނދަނގޫވެގެން އުޅެން ފެށުމުން ޒައިތޫނިތެލާއި ބާމުވެސް އުނގުޅައިދިނީމެވެ.



ހުރިހާ ކުދިން އެ ރޭވެސް އަހަރެންނާއި ވަކިވީ ލޯބިން ބޮސްދެމުންނެވެ. މިހާރު 6 ދަރިން މިވަނީ މިދުނިޔެއިން ގެއްލިފައެވެ. އަހަރެންނަށް އޮތީ އެކުދިންގެ ހަނދާންތައް ކުރަމުން ދިރި ހުންނަން ހިތްވަރުކުރުމެވެ.

މިއީ ދާދިފަހުން ދުބާއީގެ އަވަށެއްގެ ގެއެއްގައި ރޯވެ 6 ދަރިން އެކުގައި އެނދި ހާދިސާ އާއި ގުޅިގެން މަންމަ ނޫހަކަށް ކިޔައިދީފައިވާ ވާހަކަތަކެކެވެ.



އަލިފާނުގެ ހާދިސާ ހިނގީ މަންމަ ބޭސްފަރުވާއަކަށް ތައިލެންޑުގައި ހުރުމަށްފަހު އެނބުރި އައި ދުވަހުގެ ރޭ އެވެ. ކޮންފަދަ ބޮޑު އިއްތިފާޤެއްބާވައެވެ!

(މިހާދިސާގެ ޖަނާޒާ ޚަބަރު ލިޔުނުއިރު މަންމަ މަރުވިކަމަށް ލިޔެވިފައި އެވަނީ ޚަބަރު ޝާއިއުކުރި ނޫހުގައި އެގޮތަށް ލިޔެފައި އޮތުމުންނެވެ. އެގޮތަށް އެނޫހުގައި ލިޔެވިފައި އެވަނީ އެނޫހަށް އެއިރު ލިބިފައިވާ މައުލޫމާތުގެ މައްސަލައަކުންނެވެ.)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް