އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމު ނޮޅާ ލޭބޯއިރު އެތަން ބަލަން ޤާސިމް އާ ޖޭޕީ މަޑުން ތިބޭނެ ކަމަށް ދެކޭނީ ބޮޑެތި މޮޔައިން: އަމީން

ޤައުމު ނޮޅާ ލޭބޯއިރު އެތަން ބަލަން ޤާސިމް އާ ޖޭޕީ މަޑުން ތިބޭނެ ކަމަށް ދެކޭނީ ބޮޑެތި މޮޔައިން: އަމީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު


ދިވެހި ޤައުމު ނޮޅައި ލޭބޯއިރު އެތަން ބަލަން ޤާސިމް އިބްރާހީމް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) މަޑުން ތިބޭނެކަމަށް ދެކޭނީ ބޮޑެތި މޮޔައިން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން އިބްރާހީމް ޓްވީޓް ކުރައްވައި ވިދާޅުވީ "ޕީޕީއެމް އާއެކު ޖޭޕީ ކޯލިޝަން ހަދައި ރައްޔިތުންނަށް އާދޭސްކޮށްގެން ޤާސިމް އިބްރާހީމް، ރައީސް ޔާމީން ވެރިކަމަށް ގެނައީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން ރައީސް ޔާމީން ވީ ވައިދާ ޤާސިމް އަރިހުގަ ކުރި އާދޭހާ ހެދި. ކިތަންމެ ނުރުހުނު ނަމަވެސް ޤައުމު ނޮޅާ ލޭބޯއިރު އެތަން ބަލަން ޤާސިމް އާ ޖޭޕީ މަޑުން ތިބޭނެ ކަމަށް ދެކޭނީ ބޮޑެތި މޮޔައިން" ކަމަށެވެ. އަމީން މިމޭރުމުން ވިދާޅުވެފައި މިވަނީ ޕީޕީއެމުން އެންމެ ފަހުން ރުމާލް 2 ގައި ބޭއްވި ޖަލްސާގައި ޖޭޕީ އިން ޕީޕީއެމް އާއިއެކު ކޯލިޝަން ހެދީ ޖޭޕީ އިން އާދޭސްކޮށްގެން ކަަމަށްބުނެ ކަމުގެ ހަޤީޤަތް މުޅިން އޮޅުވާލައިގެން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ބޮޑެތި ދޮގުތައް ހެދުމާއި ގުޅިގެންނެވެ.
ޢަލީ މައުރޫފް އަކީ ޕޯޑިއަމްތަކުގައި ހުރެ މާތްﷲގެ މަތިވެރި އިސްމުފުޅުތައް ކިތަންމެ ގިނައިން ކިޔާމީހެއް ނަމަވެސް މީނާ ހަދާ ބޮޑުތަކުން މީނާއަކީ ކަންކަމުގެ ހަޤީޤަތް އޮޅުވާލައި އޭނާގެ ކޮޅަށް ތާއީދު ހޯދަން ބޮޑެތި ދޮގުތައް ހަދާ ބޮޑު ދޮގުވެރިއެއްކަން އަބަދުވެސް ދަނީ ހާމަވުމުންނެވެ.

ޖޭޕީ އިން ޕީޕީއެމާއިއެކު ކޯލިޝަން ހެދީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ޤާސިމް އިބްރާހީމް ދިރިއުޅުއްވާ ގެކޮޅުން ނުނުކުމެ ތިބެ ކުރި އާދޭސްތަކުންކަން މުޅި ޤައުމަށް އެނގުނު ނަމަވެސް ޢަލީ މައުރޫފް ވަނީ އެކަން ވެސް އޮޅުވާލައިފައެވެ.

ދޮގު ހެދުމަކީ ރާއްޖޭގެ ޤާނޫނު އަސާސީގައި ކުށެއްކަމަށް ކަނޑައަޅާފައި ނެތް ނަމަވެސް މާތްﷲގެ އިލާހީ ޤާނޫނުގައި އެއީ ބޮޑުކުށެކެވެ. އަދި އެއީ މުނާފިޤުންގެ ސިފައެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ. އެހެންކަމުން ޢަލީ މައުރޫފްގެ ހައިސިއްޔަތު މިދަނީ ކިތަންމެ ރަނގަޅަކަށްވެސް ހާމަވަމުންނެވެ.





ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް