އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުގެ މަލާއިކަތާ ފެންނަ ކަމަށާއި މަރުގެންދަވަނީ ކަމަށް ބުނި ބަލިމީހެއްގެ ވާހަކަ

މަރުގެ މަލާއިކަތާ ފެންނަ ކަމަށާއި މަރުގެންދަވަނީ ކަމަށް ބުނި ބަލިމީހެއްގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އެއީ 8 ޝަޢުބާން 1406 އެވެ. އަހަރެން ހުރީ އޮން ކޯލްގައެވެ. މަޣްރިބް ނަމާދުން ނިމުނުތަނާ ނަރުހަކު ގުޅާފައިވަނީ ހާލު ބޮޑު ބަލި މީހެއްގެ އައިވީ ބަދަލުކުރަންޖެހިއްޖެ ކަމަށެވެ.

އޭނާގެ ޙާލު ހުރިގޮތުން އެކަމަކީ ނަރުހުންނަށް ކުރެވޭވަރުގެ ކަމަކަށް ނުވާތީ އަވަސް އަވަހަށް ދިއައިމެވެ. އެއީ ކެންސަރު ބަލީގެ މީހެކެވެ. ހޮސްޕިޓަލުގައި އޮންނަތާ 6 މަސްދުވަސްވީ މީހެކެވެ. އެނާގެ ލޮލަކަށް ނުފެނެއެވެ. އޮތީ ކޯމާއެއް ފަަދަ ޙާލަތެއްގައެވެ.

ނާރު ފެނޭތޯ ކަށިހަރަން ފެށުމުން ތިއީ ކާކުތޯ ސުވާލުކުރިއެވެ. ޑރ. ޚާލިދް ކަމަށް ބުނުމުން ބުނީ ތިއަކަން ކުރަން ދެން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. ތިމަންނަ މި މަރުވަނީ ކަމަށެވެ. ނަމަވެސް އަހަރެން ދިއައީ މަރު ނުވާނެ ކަމަށް ބުނަމުންނެވެ.

އެންމެފަހުން އޭނާ ބުނީ އޭނާއަށް ފެންނަ ކަންކަން ޑޮކްޓަރަށް ނުފެންނަނީ ކަމަށެވެ. މަރުގެ މަލާއިކަތާ ވަޑައިގެން އެބަހުންނެވި ކަމަށެވެ. އޭނާގެ ފުރާނަ އެ ހިއްޕަވަނީ ކަމަށެވެ. އަހަރެންގެ އަތުގައި އޮތް އޭނާގެ އަތް ކުއްލިއަކަށް ވެއްޓުމުން އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

ބިރުން ދުވެދާން ވެސް ހިތަށް އެރިއެވެ. އެއީ އޭނާއަށް ބުނެވުނީ އަޒާބުގެ މަލާއިކަތާ އުޅުއްވާ ކަމަށެވެ. އެކަމާ ގަތްބިރުންނެވެ. އަޒާބުގެ މަލާއިކަތާ އާއި އެއްކޮޓަރިއެއްގައި ހުރެވުނުކަން އިޙްޞާޞް ކުރެވުމުން ގަތް ބިރުންނެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް