އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖުވެރިންނަށް ޚިދުމަތްކުރަން ޖިންސް ބަދަލުކޮށްފައިވާ އަންހެނުން ޕާކިސްތާނުން ފޮނުވަނީ

ހައްޖުވެރިންނަށް ޚިދުމަތްކުރަން ޖިންސް ބަދަލުކޮށްފައިވާ އަންހެނުން ޕާކިސްތާނުން ފޮނުވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ހައްޖުވެރިންނަށް ޚިދުމަތްކުރަން ޕާކިސްތާނުން ފޮނުވާ 150 ފިރިހެން ސްކައުޓުންގެތެރޭގައި ޖިންސް ބަދަލުކޮށްފައިވާ އަންހެނުން ހިމަނަން ޕާކިސްތާނުން ނިންމައިފިއެވެ. މިއީ މިފަދަ ބައަކު ޕާކިސްތާނުން ފޮނުވާ ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުގެ ބޯއިސްކައުޓް އެސޯސިއޭޝަނުން ބުނީ ސްކޮޑްގައި ކޮންމެ ޕްރޮވިންސަކުން ވެސް ޖިންސު ބަދަލުކޮށްފައިވާ އަންހެނުންގެ 2 ނުވަތަ 3 ބޯއި ސްކައުޓުންގެ ތެރޭގައި ހިމަނަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

ޕާކިސްތާނުގައި ޖިންސް ބަދަލުކުރުން ދަނީ އިތުރުވަމުންނެވެ. ދާދިފަހުން ސިންދު ޕްރޮވިންސުގައި އެކަނިވެސް ޖިންސު ބަދަލުކޮށްފައިވާ 40 އަށްވުރެ ގިނަ އަންހެން ކުދިން ބޯއިސްކައުޓާއި ގުޅި ވަނީ ހުވާކޮށްފައެވެ.

މިކަމާއި ގުޅިގެން އައްޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޙައްޖުވެރިންގެ ޚިދުމަތުގައި ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް މަސައްކަތްކުރެވޭނެ ކަމަށެވެ. ނަމަވެސް ޖިންސް ބަދަލުކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކަމަކަށްވާއިރު ޙަރާމް ކަމަކަށް އަރައިގަނެގެން ތިބި ބައަކު ހައްޖުވެރިންގެ ޚިދުމަތުގައި ހަރަމްފުޅަށާއި އެފަދަ މުޤައްދިސް ތަންތަނަށް ފޮނުވުމަކީ ހުއްދަވާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މިފަދަ ބޮޑު ޙަރާމް ކަމަކަށް އަރައިގަނެގެން ތިބި ބައަކު ސައުދިއރަބިޔާއިން ބަލައިގަންނާނެކަމާއިމެދު އަދި ބަހެއް ނުލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް