އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާދައިގެ ވިގަންއިން ވަރުގަދަ ސިޓީ ކަޓުވާލައިފި

އާދައިގެ ވިގަންއިން ވަރުގަދަ ސިޓީ ކަޓުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު


އިނގިރޭސި އެފްއޭކަޕް ފުޓުބޯޅަ މުބާރާތުގައި ވިގަން އެތްލެޓިކް އަތުން 0-1 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ ބަލިވެ ސިޓީ މުބާރާތުން ކަޓައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ސިޓީގެ ފަބިއަން ޑެލްފަށް ރަތް ކާޑު ދައްކައި ފޮނުވާލުމުން މެޗުގެ ދެވަނަ ހާފު ސިޓީއަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު ނުލައެވެ. އެހެންވުމާއެކު، ދެވަނަ ހާފުގައި ސިޓީއަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ސިޓީއިން މި މެޗުގެ %83 ބޯޅަ ހިފަހައްޓައި 29 ހަމަލާއެއް އެފެއްދި ނަމަވެސް މެޗު ނިމުމުގެ ކުރިން ސިޓީއަށް ވިގަންގެ ގޯލް ފޫއަޅުވާލެވޭނެ ގޮތެއް ނުވިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް ވިގަން ގެންގޮސްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައި ވިލް ގްރިގްއެވެ. މެޗު ނިމުމާއެކު ވިގަންގެ ސަޕޯޓަރުން ވަނީ އުފާ ފާޅުކުރުމަށް ދަނޑު މައްޗަށް އަރައިފައެވެ.

ވިގަންއަކީ އިނގިރޭސި ތިންވަނަ ޑިވިޝަންގައި ވާދަކުރާ ޓީމަކަށްވާއިރު، ސިޓީއަކީ މި ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ. އިނގިރޭސި ފުރަތަމަ ޑިވިޝަންކަމަށްވާ ޕްރެމިއާ ލީގުގައި ސިޓީ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓްގެ ލީޑެއްގައެވެ.

ވިގަންގެ އިތުރުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑް، ބްރައިޓަން، ލެސްޓާ ސިޓީ، ޗެލްސީ، އަދި ސައުތެމްޓަން އެވެ. ކުއާޓާ ފައިނަލްގެ ބާކީ ދެ ޖާގަ ކަށަވަރުކުރާނެ ޓީމެއް އެނގިގެންދާނީ މި މަހުގެ 28 ވަނަ ދުވަހުގައި ސްވެންސީ ސިޓީއާއި ޝެފް ވެނިސްޑޭ ބައްދަލުކުރާ މެޗާއި ޓޮޓެންހަމްއާއި ރޮޗްޑޭލް ބައްދަލުކުރާ މެޗަށް ފަހުއެވެ.

ކުއާޓާ ފައިނަލްގައި ވިގަން ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. ބްރައިޓަންއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނުކުންނައިރު، ލެސްޓާ ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް