އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުދާ ވާރުތަވާނެ ފިރިހެން ދަރިއަކު ލިބޭތޯ 83 އަހަރުގެ ފިރިހެނަކު 30 އަަހަރުގެ އަންހެނަކާ ކައިވެނިކޮށްފި

މުދާ ވާރުތަވާނެ ފިރިހެން ދަރިއަކު ލިބޭތޯ 83 އަހަރުގެ ފިރިހެނަކު 30 އަަހަރުގެ އަންހެނަކާ ކައިވެނިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު


މުދާ ވާރުތަވާނެ ފިރިހެން ދަރިއަކު ލިބޭތޯ އިންޑިއާގެ ރާޖަސްތާނަށް ނިޞްބަތްވާ 83 އަހަރުގެ ފިރިހެނަކު 30 އަަހަރުގެ އަންހެނަކާ ކައިވެނިކޮށްފިއެވެ.

ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅު ވަނީ މީގެ 20 އަަހަރުު ކުރިން ނުރައްކާތެރި ބައްޔެއްގައި މަރުވެފައެވެ. މިހާރު ތިބީ ކައިވެނިވެސް ކޮށްގެން ތިބި 2 އަންހެންދަރިންނެވެ. ނަމަވެސް ފިރިމީހާ އޭނާގެ މުދާތައް ފިރިހެން ދަރިއަކަށް ވާރުތަކުރަން ބޭނުންވާތީ ދެއަންބަށް ކައިވެނިކުރީ އަނބިމިހާގެ ހުއްދަ އާއިއެކުގައެވެ.

ދެއަންބަށް ކައިވެނިކުރުމަކީ ހިންދޫ ދީނުގައި ހުއްދަ ކަމެއް ނޫން ނަމަވެސް ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވައި ވަނީ ކައިވެނިކޮށްފައެވެ. ސަމްރާދާ އަވަށުގައި ކުރެވުނު މި ކައިވެންޏަށް އަވަށްޓެރި 12 އަވަށުގެ ރައްޔިތުންނަށް ވަނީ ދައުވަތީފައެވެ.

ސަރުކާރުގެ ރަސްމީ އޮފިޝަލުން ބުނަނީ އެފަދަ ަކއިވެންޏެއް ކުރެވުނުކަން ނުއެނގޭ ކަމަށެވެ. ނަމަވެސް އެހައި ބޮޑު ރަސްމިއްޔާތެއް ބާއްވައި ކައިވެނިކުރާއިރު އެކަން ނުއެނގި އޮންނާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް