އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑެހެއާގެ މޮޅުކުޅުމާއެކު ޔުނައިޓެޑާއި ސެވިއްޔާގެ ކުރިމަތިލުން އެއްވަރު

ޑެހެއާގެ މޮޅުކުޅުމާއެކު ޔުނައިޓެޑާއި ސެވިއްޔާގެ ކުރިމަތިލުން އެއްވަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސެވިއްޔާގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި ލެގުގައި އެންމެ ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ކުޅުމެއް ދައްކާފައިވަނީ ވެސް ސެވިއްޔާއިންނެވެ. ސެވިއްޔާއިން ވަނީ ޔުނައިޓެޑްގެ ގޯލަށް 25 ހަމަލާއެއް ފޮނުވާލައިފައެވެ. އޭގެ ތެރެއިން ޔުނައިޓެޑްގެ ގޯލާ ސީދާވެފައިވަނީ 8 ހަމަލާއެކެވެ. ސެވިއްޔާއިން ފޮނުވައިލި 8 ހަމަލާ ދިފާއުކުރުމުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެއެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މުޅި މެޗުގައި ވެސް ސެވިއްޔާގެ ގޯލާ ސީދާކޮށް ޔުނައިޓެޑަށް އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ. ޔުނައިޓެޑްގެ ޒުވާން މިޑްފިލްޑަރު ސްކޮޓް މެކް ޓޮމިނޭގެ މި ހަމަލާ ވަނީ ސެވިއްޔާގެ ގޯލްކީޕަރު ސާޖިއޯ ރީކޯ ދިފާއުކޮށްފައެވެ.

މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ 14 ވަނަ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ދަނޑުގައެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ދެވަނަ ބުރުގައި ކުޅޭ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ ޓީމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް