އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހަތުން އަރާ ރޯމާ ބަލިކޮށް ޝަކްތަރު ފުރަތަމަ ލެގު ކާމިޔާބުކޮށްފި

ފަހަތުން އަރާ ރޯމާ ބަލިކޮށް ޝަކްތަރު ފުރަތަމަ ލެގު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އިޓަލީގެ ރޯމާ ބަލިކޮށް ޔޫކްރެއިންގެ ޝަކްތަރު ޑޮނެސްކް ފުރަތަމަ ލެގު ކާމިޔާބުކޮށްފިއެވެ.

ޝަކްތަރުގެ ދަނޑުގައި ކުޅުނު މި ލެގު ޝަކްތަރު ކާމިޔާބުކުރީ ފަހަތުން އަރާ 1-2 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑުގައި ލީޑު ނެގީ ރޯމާއިންނެވެ. ރޯމާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 41 ވަނަ މިނެޓުގައި ސެންގިޒް އަންޑާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއިން ރޯމާ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މެޗުގެ ނަތީޖާ އަނބުރާލުމަށް ޝަކްތަރުގެ ކުޅުން ވަރުގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 52 ވަނަ މިނެޓުގައި ޝަކްތަރުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ޝަކްތަރަށް ކާމިޔާބުކޮށްދިނީ ފަކުންޑޯ ފެރޭރާއެވެ. މި މެޗުން ޝަކްތަރު މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި ފްރެޑްއެވެ.

ޝަކްތަރުން ފުރަތަމަ ލެގު ކާމިޔާބުކުރިއިރު، މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ 14 ވަނަ ދުވަހު ރޯމާގެ ދަނޑުގައެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ދެވަނަ ބުރުގައި ކުޅޭ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ ޓީމެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޝަކްތަރު ފެނިގެންދަނީ ވަރަށް ވަރުގަދަކޮށެވެ. އެ ގޮތުން، މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޝަކްތަރުން ވަނީ ވަރުގަދަ މެންޗެސްޓާ ސިޓީ ވެސް ބަލިކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް