އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލެގަނޭސް ބަލިކޮށް ރިއާލް ލީގުގެ ތިންވަނައަށް

ލެގަނޭސް ބަލިކޮށް ރިއާލް ލީގުގެ ތިންވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު


ސްޕެނިޝް ލީގުގައި 1-3 ގެ ނަތީޖާއިން ލެގަނޭސް ބަލިކޮށް ލީގު ތާވަލުގެ ތިންވަނައަށް ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް ޖެހިލައިފިއެވެ.

ލެގަނޭސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލެގަނޭސްއިންނެވެ. މި ލަނޑު ލެގަނޭސްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 6 ވަނަ މިނެޓުގައި އުނައި ބުސްޓިންޒާއެވެ. މެޗުގެ 11 ވަނަ މިނެޓުގައި ރިއާލްގެ ލުކާސް ވަސްކުއޭޒްގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ރިއާލަށް މެޗުގެ ލީޑު ނަގައިދިނީ މެޗުގެ 29 ވަނަ މިނެޓުގައި ކަސެމީރޯއެވެ. ރިއާލަށް މެޗުގެ ލީޑު ފުޅާކޮށްދިނީ މެޗު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޮސްއެވެ.

ރޭގެ މެޗުން މޮޅުވެގެން ނުރަނގަޅު ފައްތަރެއްގައި އޮތް ރިއާލް މެޑްރިޑަށް ހިތްހަމަޖެހުމެއް ލިބިފައިވަނީ ކުޅުނު 24 މެޗުން 48 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލުމުންނެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 24 މެޗުން 55 ޕޮއިންޓް ލިބިގެންނެވެ. ލީގު ތާވަލުގައި އެއްވަނައިގައި ކުޅުނު 24 މެޗުން 62 ޕޮއިންޓް ލިބިގެން އޮތީ ބާސެލޯނާއެވެ.

ލީގުގައި ރިއާލް މެޑްރިޑް ދެން ބައްދަލުކުރަންޖެހޭނީ އަލަވޭސްއާ ދެކޮޅަށެވެ. އެތްލެޓިކޯ މެޑްރިޑް ނުުކުންނާނީ ސެވިއްޔާ ދެކޮޅަށެވެ. ބާސެލޯނާ ކުޅެންޖެހޭނީ ގިރޯނާއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް