އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޙުލޫފް ހުރީ ޖަލުގަ، އެހެން ނަމަވެސް އޭނާގެ ޓްވީޓެއް އަލްހާން ފަހުމީ މިރޭ ކޮށްފި؟!

މަޙުލޫފް ހުރީ ޖަލުގަ، އެހެން ނަމަވެސް އޭނާގެ ޓްވީޓެއް އަލްހާން ފަހުމީ މިރޭ ކޮށްފި؟!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މިމަހުގެ 22 ވީ ބުރާސްފަތި ދުވަހުގެ ރޭ، އެމްޑީޕީ ހަރުގެ ސަރަޙައްދުގައި އިދިކޮޅު ފަރާތްތަކުން ކުރި އިހުތިޖާޖުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަޙުލޫފް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ދޫނިދޫ ޖަލަށް ވެސް ގެންގޮސްފައެވެ.

ނަމަވެސް އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިރޭ ވަނީ، މަޙުލޫފްގެ ނަމުގައި އިން ޓްވީޓެއް ކޮށްފައެވެ.



އެޓްވީޓުގައި ލިޔެފައިވަނީ " އަހަރުމެންގެ ވެރިކަމެއް އައިސިއްޔާ، މުޅި ޤައުމުގަ ބައިތިއްބާނީ އަހަރުމެންގެ ފަނޑިޔާރުންނާއި އަހަރުމެންގެ ފުލުހުން. މިހާރު ތިބި އެންމެ ފުލުހެއް ވެސް ވަޒީފާގައި ނުބައިތިއްބާނަން" މިފަދައިންނެވެ.

މިޓްވީޓަކީ އަޙުމަދު މަޙްލޫފް ކޮށްފައިވާ ޓްވީޓެއް ނޫންކަމާއިމެދު، މަދު ބަޔަކު ނޫނީ، ޝައްކެއް ވެސް ނުކުރާނެކަން ޔަގީނެވެ. ސަބަބަކީ މަޙްލޫފް މީގެ ދެ ރޭ ކުރިން ދޫނިދޫ ޖަލަށް ގެންދެވިފައިވުމެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލަކަށް ވެސް ބައްދަލު ނުކުރެވުން ކަމުގެ މައުލޫމާތު ވެސް ލިބިފައިވުމެވެ.

އަލްހާން ފަހުމީ މިފަދަ ޓްވީޓެއް ކުރުމުން، ވަރަށް ގިނަ ފަރާތްތަކުން ވަނީ އޭނާއަށް ފާޑުކިޔާފައެވެ.

"އަހުމަދު މަޙްލޫފް ވީ ޖަލުގަ، ޓްވީޓްތައް އެޑިޓް ކުރާއިރު މިވަރު ބަލާލުން ރަނގަޅު" އޭގެން އެކަކު އަލްހާން ގެ އެޓްވީޓަށް ރައްދު ދެމުން އަލްހާން އަށް ނަސޭޙަތްތެރިވެފައި ވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ހަލީމަ 2018-02-25 00:07:40

މީހުންގެ ބޮލުގާ ދޮގުތުހުމަތު އަޅުވައިގެން ކޮންކަމެތްބާ އަލްހާން ޙާސިލްކުރަން ތިއުޅެނީ ސިޔާސީ މައިދާނުން ތިހުރީފޭލްވެފަ މހުލޫފުގެ މަޝްހޫރުކަން އެއީ އޭނާގެހިތްވަރު ހިތްވަރު


މަރިޔަމް ވަހީދާ