އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަހުލާގެ ވެބް ސީރީޒް "ހުވާ" ގެ ޝޫޓިން ފަށައިފި

ނަހުލާގެ ވެބް ސީރީޒް "ހުވާ" ގެ ޝޫޓިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

މިއަހަރަށް ވަރަށް ބޮޑު މަސައްތަކެއް ރާވަމުން އަންނަ ކަމަށް ކުޅަދާނަ ފިލްމު ޕްރޮޑިއުސަރ/ޑައިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާ ވަނީ މީގެ ކުރިން ބުނެފައެވެ.

އޭގެ ސްކްރިޕްޓް ލިޔަމުން އަންނަ ކަމަށް ވެސް ނަހުލާ ބުނެފައިވާއިރު، އެއީ ކޮން ބޮޑު މަސައްކަތެއްކަން ނަހުލާ އިއުލާން ކޮށްފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އަށް މުޅިން އާކަމެއް ތަޢާރަފް ކުރުމުގެ މަސައްކަތުގައި، ނަހުލާ މިވަނީ "ހުވާ" ގެ ނަމުގައި ވެބް ސީރީޒެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

"ހުވާ" ޝޫޓިން ފެށިއްޖެކަމަށް އޭނާގެ އިންސްޓަގްރާމްގައި އިއުލާން ކޮށްފައިވާއިރު، މިވެބް ސީރީޒް އަކީ މުޖުތަމައުގައި ހުރި އެކިއެކި މައްސަލަތަކާއި އާއިލީ މައްސަލަތައް ހިމެނޭ ގޮތަށް އެޕިދޯޑުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަ ޖެހިފައިވާ މަސައްކަތްތަކެއް ކަމަށް ނަހުލާ ވަނީ ބުނެފައެވެ. ނަމަވެސް "ހުވާ" ގައި ހިމެނެނީ ކިތައް އެޕިސޯޑު ކަމާއި ކިހާ ދިގުމިނެއްކަން އަދި ހާމަ ކުރަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަހުލާގެ އަމިއްލަ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ ވެބް ސީރީޒް ޑައިރެކްޓް ކުރަނީ ނަހުލާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި މުޙައްމަދު ފައިސަލް އެވެ. "ހުވާ" ބެލުންތެރިންނަށް ފެންނާނީ އޭޕްރީލް މަހުގެ ފަހުކޮޅުގައި ކަމަށް ނަހުލާ މައުލޫމާތު ދީފައިވެއެވެ.

ކ. ގުރައިދޫ ގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ "ހުވާ" ގައި ޖުމްލަ 30 އެކްޓަރުން ފެނިގެންދާނެއެވެ.

އަލަށް ތަޢާރަފްވާ ބައެއް ފަންނާނުންނާއި އެކު މިސީރީޒްގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ އައިމިނަތު ރިޝްފާ. އިބްރާހިމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮން އައްޔަ) ގެ އިތުރުން ޝީލާ ނަޖީބުއެވެ.

"ހުވާ"ސީރީޒް ގެ ފުރަތަމަ ޓީޒާ މަހެއްހާ ދުވަސް ތެރޭގައި ފެންނާނެ ކަމަށް ނަހުލާ ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ