އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތްވުމުގެ ވަގުތު ޖެހުނީކަމަށް ހީފުޅުކުރައްވައި ޖިބްރީލްގެފާނު ބިރުފުޅުން ކުޑަވެވަޑައިގެންނެވި - ތިބާ ބިރުން ކުރަނީ ކީއް؟

ޤިޔާމަތްވުމުގެ ވަގުތު ޖެހުނީކަމަށް ހީފުޅުކުރައްވައި ޖިބްރީލްގެފާނު ބިރުފުޅުން ކުޑަވެވަޑައިގެންނެވި - ތިބާ ބިރުން ކުރަނީ ކީއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ޖިބްރީލްގެފާނު ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ) ގެ އަރިއަހަށް ވަޑައިގެން ޔާ މުޙައްމަދު ވިދާޅުވެ 5 ނަޞޭޙަތްފުޅެއް ދެއްވެވިއެވެ.

ވަޙީ އާއިގެން ވަޑައިގެން ޖިބްރީލްގެފާނު "ޔާ މުޙައްމަދު" ވިދާޅެއް ނުވާނެއެވެ. ވިދާޅުވާނީ "ރަސޫލުﷲ" "ޔާނަބިއްޔުﷲ" އެވެ. އެހެންކަމުން "ޔާ މުޙައްމަދު" އެވެ ވިދާޅުވެ ވާހަކަފުޅު ދެއްކެވުމުން އެއީ ޖިބްރީލްގެފާނު އަމިއްލަފުޅު ހައިޞިއްޔަތުން ދެއްވެވި ނަޞޭޙަތްފުޅުތަކެއްކަން ހާމަވެއެވެ.

.1 ކޮންމެވެސް ދުވަހަކުން މަރުވާންޖެހޭނެކަން ޤަބޫލުކޮށްގެން ދުނިޔޭގައި އުޅޭށެވެ.

.2 މީހަކު ދެކެ ލޯބިވާންވާނީ ކޮންމެވެސް ދުވަހަކުން އެމިހަކާއި ވަކިވާންޖެހޭނެކަން ދަނެގެންހުރެ އެވެ. މީގެ މާނައަކީ މިދުނިޔޭގެ ކަންކަމާއި ގުޅި ލާމެހި ނުގަންނާށެވެ. ދާއިމީ މަންޒިލަކީ ފަހުން ކުރިމަތިވާން އޮތް ދުވަސްތަކެވެ.

.3 ތިމާކުރާ އަމަލުތަކަށް ޙައްޤު ޖަޒާ ލިބޭނެ ދުވަހަކީ އާޚިރަތް ދުވަސްކަން ދަނެގެން ކަންކަން ކުރާށެވެ. މާނައަކީ މިދުނިޔޭގައި ކުރާ ކޮންމެ ކަމަކަށްވެސް ޙައްޤު ޖަޒާ ލިބޭނީ އާޚިރަތުގައި ކަމެވެ. ވީމާ ދުނިޔެއިން މަތިވެރި ދަރަޖަތައް ހޯދަން އުޅުމުގެ ފައިދާއެއް ނެތެވެ. ފައިދާއެއް ލިބޭނީ އާޚިރަތަށްޓަކައި ކަންކަން ކުރުމުންނެވެ.

.4 މީހާގެ މަތިވެރިކަން ނުވަތަ މާތްކަން ދައްކައިދެނީ އެމީހާ ދަމު ނަމާދަށް ހުރުމުންނެވެ. ލިބޭ ރަސްކަމާއި ވެރިކަމަކުން ނޫނެވެ. އެމީހެއްގެ ފަހަތުގައި އެތައް ހާސްބައަކު ތިބުމަކުން ނޫނެވެ. މުއްސަނދި ކަމަކުންވެސް ނޫނެވެ.

.5 ތިމާއަކީ އިއްޒަތާއި ފައިސާ އާއި އެނޫންވެސް ކަންކަމުގައި މީހުންގެ ކިބައިން އެހީތެރިކަމަށް ނުއެދޭށެވެ.

މިއީވެސް ވިސްނައިލުން ރަނގަޅު ޙަދީޘްފުޅެކެވެ. އެއްދުވަހަކު މުޙައްމަދު ރަސޫލުﷲ (ޞޢވ) އާއި ޖިބްރީލްގެފާނު ތިއްބަވަނިކޮށް މަލާއިކަތް ބޭކަލަކު ވަޑައިގެންނެވިއެވެ. އެ މަލާއިކަތާ ފެނިވަޑައިގަތުމުން ޖިބްރީލްގެފާނު "ބިރުފުޅުން ކުޑަވެވަޑައިގަތެވެ."

އެމަލާއިކަތާ ރަސޫލާ (ޞޢވ) އާއި ކުރެއްވެވީ ސުވާލެކެވެ. އެއީ އިތުރު އެކަލޭގެ ބޭނުންފުޅުވެވަޑައިގަންނަވަނީ ރަސޫލުކަމާއިއެކު ތަނަވަސްކަމުގައި ދުނިޔޭގައި އުޅުއްވަންތޯ އާއި ރަސުލުކަމާއިއެކު ނިކަމެތިކަންމަތީގައި އުޅުއްވަންތޯއެވެ؟ ޖަވާބުގައި ރަސޫލާ (ޞޢވ) ވިދާޅުވީ ބޭނުންފުޅުވަނީ ނިކަމެތިކަންމަތީގައި އުޅުއްވަން ކަމަށެވެ.

އެހިސާބުން މަލާއިކަތާ އެނބުރި ވަޑައިގަތީއެވެ. އެނބުރި ވަޑައިގަތުމުން އެ މަލާއިކަތާ ފެނިވަޑައިގަތުމުން ބިރުފުޅުން ކުޑަވެވަޑައިގަތީ ކީއްވެގެންތޯ ރަސޫލާ (ޞޢވ) ޖިބްރީލްގެފާނުގެ އަރިއަހުން ސުވާލުކުރެއްވެވިއެވެ.

ޖަވާބުގައި ޖިބްރީލްގެފާނު ވިދާޅުވީ އެއީ އިސްރާފީލްގެފާނު ކަމަށެވެ. އަދި އިސްރާފީލްގެފާނު ފެނިވަޑައިގަތުމުން ހީފުޅުކުރެއްވެވީ ޤިޔާމަތްވުމުގެ ވަގުތު އައިސް ޖެހުނީ ކަމަށް ކަމަށެވެ.

ގުޅުންހުރި ވީޑިއޯ (ދަރުސް):

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Abdullah ali 2018-02-28 01:20:35

Miadhu noohuge dheeny bayah khaasa kohfa hunna liunthah kmme dhuvahakuves in sha allah kiyan..hithah biruverikamaa eemaan therikan verikuruvaa liunthah kiyaalumun..


އަބްދުއްލަތީފް