އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނު އަސާސީ ނަގަހައްޓަން ކުރީގެ ސީޕީ އަރީފު ގޮވާލައިފި

ޤާނޫނު އަސާސީ ނަގަހައްޓަން ކުރީގެ ސީޕީ އަރީފު ގޮވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު



އެންމެން ވެސް ޤާނޫނު އަސާސީ ނަގަހައްޓަން މަސައްކަތްކުރުމަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކުރި ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް (ސީޕީ) އަހުމަދު އަރީފު ގޮވާލައިފިއެވެ.
ފުލުހުން އިއްޔެ ހެނދުނު އަރީފު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވަނީ އޭނާ ދިރިއުޅުއްވާ މ.ސްނޯރޯޒް ބަލަައި ފާސްކުރުމަށްފަހުއެވެ. އަރީފުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ސަރުކާރު ވައްޓާލަން މަސައްކަތްކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އަރީފުގެ ޤާނޫނީ ވަކީލެއްކަމަށްވާ އިބްރާހިމް ރިއްފަތު ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޫނިދޫގައި ހުންނެވީ ކުރީގެ ސީޕީ އަރީފާ ބައްދަލުކުރެއްވިކަމަށެވެ. އަދި އަރީފުގެ މައްޗަށް ކޮށްފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޭނާ ދޮގުކޮށްފައިވާކަމަށް ރިއްފަތު ވިދާޅުވިއެވެ. އަރީފުގެ ހާލު ރަނގަޅުކަމަށާއި ޤާނޫނު އަސާސީގައި އެންމެނަށް ލިބިދީފައިވާ ހައްޤުތައް ބޭނުންކޮށްގެން ޤާނޫނު އަސާސީ ނަގަހައްޓަން އެންމެން މަސައްކަތްކުރުމަށް އަރީފު ގޮވާލިކަމަށް ރިއްފަތު ވިދާޅުވިއެވެ.

ސީޕީކަމުގެ މަޤާމުން އަރީފު ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން ގުޅުއްވުމުން ފޯނަށް ޖަވާބުނުދެއްވުމުންކަމަށް ބުނެ މިިދިޔަ ފެބްރުއަރީ މަހުގެ ދެވަަނަ ދުވަހުއެވެ. އެއަށްފަހުގައި އަރީފުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު ޢަލީ ހަމީދާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިފައިންނާއި ފުލުުހުންގެ ބައެއް ބޭފުޅުން ހިމެނެއެވެ. ކުރީގެ ސީޕީ އަރީފުގެ އިތުރުން ކުރީގެ ސީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ވެސް ވަނީ މި ތުހުމަތުގައި ހައްޔަރުކޮށްފައެވެ.






ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް