އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗެލްސީއާއި ސައުތެމްޓަން އެފްއޭ ކަޕްގެ ސެމިއާށް

ޗެލްސީއާއި ސައުތެމްޓަން އެފްއޭ ކަޕްގެ ސެމިއާށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ޗެލްސީއާއި ސައުތެމްޓަން ދަތުރުކޮށްފިއެވެ.

އެފްއޭ ކަޕް މުބާރާތުގެ ސެމީއަށް ޗެލްސީ ދަތުރުކުރީ ކުއާޓާ ފައިނަލްގައި 1-2 ގެ ނަތީޖާއިން ލެސްޓާ ސިޓީ ބަލިކޮށްގެންނެވެ. މެޗުގެ 42 ވަނަ މިނެޓުގައި ޗެލްސީގެ އަލްވާރޯ މޮރާޓާގެ ލަނޑުން ޗެލްސީއިން ލީޑު ނެގިއިރު، މެޗުގެ 76 ވަނަ މިނެޓުގައި ލެސްޓާގެ ޖޭމީ ވާޑީގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ. ދެން ނަތީޖާ ނެރުމަށްޓަކައި 15 މިނެޓުގެ ދެ ހާފު ކުޅުނެވެ. އެ ގޮތުން، ޗެލްސީއަށް މެޗު މޮޅުކޮށްދިން ލަނޑު ޕެޑްރޯ ކާމިޔާބުކޮށްދިނީ، 15 މިނެޓުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ.

މުބާރާތުގެ ސެމީއަށް ސައުތެމްޓަން ދަތުރުކުރީ ކުއާޓާގައި ވިގާން އެތްލެޓިކް ބަލިކޮށްގެންނެވެ. މި މެޗުން ސައުތެމްޓަން މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ސައުތެމްޓަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޕިއެރޭ އެމައިލް ހޯޖްބާގާއި، ސެޑްރިކް ސޯރެސްއެވެ.

މުބާރާތުގެ ސެމީގައި ޗެލްސީ ނުކުންނަން ޖެހޭނީ ސައުތެމްޓަންއާ ދެކޮޅަށެވެ. މުބާރާތުގެ ސެމީގައި ދެން ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާއެވެ.

މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ އާސެނަލްއެވެ. އަދި އާސެނަލްއަކީ މިހާތަނަށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމު ވެސް މެއެވެ. އާސެނަލް ވަނީ މިހާތަނަށް މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް