އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިވަރުންނަށް ޖަމާއަތުގަ ޢިޝާ ނަމާދު ނުކުރެވޭ ގޮތަށް ޤަވާއިދުން ހަރަކާތްތައް ހިންގުމަކީ ހަމަ އެންމެ ރަނގަޅުގޮތްތަ؟

ދަރިވަރުންނަށް ޖަމާއަތުގަ ޢިޝާ ނަމާދު ނުކުރެވޭ ގޮތަށް ޤަވާއިދުން ހަރަކާތްތައް ހިންގުމަކީ ހަމަ އެންމެ ރަނގަޅުގޮތްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު


މާލޭގެ ބައެއް ސްކޫލްތަކުން އަހަރު ފެށުނީންސުރެ ދަރިވަރުންނަށް ޖަމާއަތުގައި ޢިޝާ ނަމާދު ނުކުރެވޭ ގޮތަށް އިތުރު ހަރަކާތްތައް ހިންގަމުން އެބަގެންދެއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ބޮޑު ސްކޫލްގެ ދަރިވަރުންނަށް އަންގާފައި އޮންނަނީ ރޭގަނޑު 8:00 އަށް ކެޑޭޓު ހަރަކާތަށް ސްކޫލަށް ދިއުމަށެވެ. ނަތީޖާއަކަށްވަނީ ދަރިވަރުންނަށް ޢިޝާ ނަމާދު ނުކުރެވުމެވެ. ޢިޝާ ނަމާދުކޮށްގެން 8:00އަށް ނުދެވޭތީއެވެ.

އަޅުގަނޑުމެން އަޑުއުފުލަމުން މިގެންދަނީ އިސްލާމް ދީނުގެ ހައްޤުގައެވެ. ބޮޑެތި އެއްވުންތައް ބާއްވައި ޤައުމީ ފެންވަރުގައި ގޮވަމުން މިދަނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދޭނެ ކަމަށެވެ.

ދާދި އިހައް ދުވަހާއި ޖެހެންދެން ޢިޝާ ނަމާދު ޖަމާއަތުގައި ކޮށް ނިމެނީ 8:05 ހައި އިރުއެވެ. މިހާރު ނިމެނީ 55؛7 ހައިއިރުއެވެ. އެހެންކަމަށްވާއިރު ޖަމާއަތުގައި ނަމާދު ކުރުވައިގެން ދަރިފުލު 8:00 އަށް ސްކޫލަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ގޭގައި އިޝާ ނަމާދު ކުރުވައިގެންވެސް ގެންދިއުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ހުރިހާ ބެލެނިވެރިންނަކީ ސްކޫލް ބުޑުގައި ދިރިއުޅޭ ބައެއް ނޫނެވެ. ސްކޫލާއި ވަރަށް ދުރުގައި އުޅެންޖެހިފައިވާ ބެލެނިވެރިންވެސް މަދެއް ނޫނެވެ.

ސްކޫލަށް ކުދިން ވައްދާއިރު ގޭދޮށު ސްކޫލަށް އިސްކަން ދީގެން ވެއްދި ނަމަވެސް ކުއްޔަށް ދިރިއުޅޭ މީހުންނަށް އަބަދު ސްކޫލް ބުޑުގައި ދިރިއުޅުމަކީ ކުރެވެން އޮތްކަމެއް ނޫނެވެ. އަދި ހުރިހާ ބެލެނިވެރިންނަކީ ސައިކަލް ހުންނަ ބެލެނިވެރިންނެއް ނޫނެވެ. އެކަނިވެރި މައިން ގެންގުޅޭ ދަރިންވެސް މަދެއް ނޫނެވެ. ވީމާ "ޗުސްލާފައި" ލޮންސިއެއްފަދައިން ސްކޫލަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

އެއްވެސް ދަރިވަރަކީ ގަޑިޖެހިގެން ސްކޫލަށްދާން ބޭނުްވާނެ ދަރިވަރެއް ނޫނެވެ. ބެލެނިވެރިންނަކީ ގަޑިޖައްސައިގެން ދަރިން ގެންދަން ބޭނުންވާނެ ބައެއް ނޫނެވެ. ވީއިރު މިފަދަ ކަންކަމަކީ ވިސްނަންޖެހޭނެ ކަމެއް ނޫން ބާވައެވެ.

އެންމެ ބޮޑު އެއް ސްކޫލުގައި ކެޑޭޓް ހަރަކާތްތައް ހިންގަނީ ރޭގަނޑު 7:00 އިން 8:30އަށެވެ. ޤަޞްދުގައި އިޝާ ނަމާދު ޖަމާއަތުގައި ނުކުރެވޭނެ ގޮތަށް ރާވައިގެންނެވެ. ނަމާދުކުރާ ވާހަކަ އެސެމްބްލީގައި ދައްކަމުން މި ގޮތަށް ކަންކަން ކުރުމުން ދަރިވަރިވަރުންނަށް ކަންކަން ބަލައިގަނެވޭނީ ކޮން ގޮތަކަށްބާވައެވެ!

ޢިޝާ ނަމާދަކީ ދުވަހުގެ ކިޔެވުން ނިމި ހުރިހާ ދަރިވަރުންނަށްވެސް ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރުމުގެ ފުރުޞަތު އެންމެ ރަނގަޅަށް ލިބޭ ނަމާދެވެ. އެ ނަމާދުވެސް ޖަމާއަތުގައި ކޮށްލުމުގެ ފުރުޞަތު ނުލިބޭނެ ގޮތަށް އިތުރު ހަރަކާތްތައް ރޭވުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމާއިމެދު ސުވާލު އުފެދެއެވެ.

ހަަމަ އެއާއިއެކު އުފެދޭ ސުވާލަކީ މިފަދަ ހަރަކާތްތައް ހިންގާ މުދައްރިސުން ޖަމާއަތުގައި ޢިޝާ ނަމާދުކުރާ ކަމާއިމެދު އުފެދޭ ސުވާލެވެ. ޖަމާއަތުގައި ނަމާދުކުރުމަށް އިސްކަން ނުދޭ މުދައްރިސުން ދަރިވަރުންނަށް ދޭނެ ތަރުބިއްޔަތާއިމެދުގައިވެސް ސުވާލު އުފެދެއެވެ.

އިސްލާމް ދީން މަތިވެރިކުރުމަށް އެންމެ މުހިންމު އެއްކަމަކީ އިސްލާމް ދީނުގެ މައި ތަނބު ވަރުގަދަ ކުރުމެވެ. އިސްލާމް ދީނުގެ މައި ތަނބަކީ މާތްﷲ އަށް އީމާންވުމަށްފަހު ނަމާދެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދީ ކަންކަން ކުރާނަމަ ދީން ދާނީ ބަލިކަށިވެ ރޫޅެމުންނެވެ. އެއީ ކީރިތި ޤްރްއާނުން ސާބިތުވާ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް