އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞަލާހުއްދީން ބާ އިމާރާތް ތަޅާލައި 10 ބުރީގެ އާ އިމާރާތެއް އަޅަނީ

ޞަލާހުއްދީން ބާ އިމާރާތް ތަޅާލައި 10 ބުރީގެ އާ އިމާރާތެއް އަޅަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު


ޞަލާހުއްދީންގެ ބާ އިމާާރާތް ތަޅާލައި 10 ބުރީގެ އާ އިމާރާތެއް އަޅަން ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން ބުނެފިއެވެ.

އަމީނީ މަގުގައި ހުންނަ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލްގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކޮނޮލޮޖީގެ ކޯސްތަކާއި ނޫސްވެރިކަމުގެ ކޯސްތަކުގެ ބައެއް ކްލާސްތައް ހިންގަމުން އަންނަ ޞަލާހުއްދީން އިމާރާތުގެ ސީލިންގުގެ ބައެއް ވަނީ މިދިޔަ އަންގާރަ ދުވަހު ވެއްޓިފައެވެ. އެއިރު، އިމާރާތުގެ ތެރޭގައި ތިބި މީހުންނާއި ކިޔަވަން ތިބި ހުރިހާ ދަރިވަރުން ވަނީ ބޭރުކޮށްފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން، ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ.ޢަލީ ފަވާޒު ޝަރީފު ވިދާޅުވީ ބާ އިމާރާތް ތަޅާލައި 10 ބުރީގެ އާ އިމާރާތެއް އަޅަން ނިންމާފައިވާކަމަށާއި އާ އިމާރާތުގެ ކުރެހުމުގެ މަސައްކަތް ނިންމައި ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދުވަސްވެ ބާވެފައިވާ އެ އިމާރާތަކީ މިހާރު ރައްކާތެރިކަމެއް ނޫންކަމަށް ބުނެ އެ އިމާރާތް ހުސްކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އިއްޔެ ޔުނިވާސިޓީއަށް ނޯޓިސް ވެސް ފޮނުވައިފައެވެ.
ފެކަލްޓީ އޮފް އިންޖީނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ކޯސްތަކާއި ނޫސްވެރިކަމުގެ ކޯސްތައް ހިންގަމުން އަންނަ އެ އިމާރާތަކީ ކުރިން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ކޯސްތައް ހިންގަމުންދިޔަ އިމާރާތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް