އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ހެޔޮ އަގުތަކުގެ ލިސްޓް ހާމަކުރުމަކީ އަގުހެޔޮވާ ކަމެއް ނޫން - އިތުރު ފިޔަވަޅު ބޭނުންވޭ!

އެންމެ ހެޔޮ އަގުތަކުގެ ލިސްޓް ހާމަކުރުމަކީ އަގުހެޔޮވާ ކަމެއް ނޫން - އިތުރު ފިޔަވަޅު ބޭނުންވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ރަމަޟާން މަސް އައުމުން އެންމެ ހެޔޮ އަގުތަކުގައި މުދައު ވިއްކާ ފިހާރަތަކާއި އެތަންތަނުން ވިއްކާ ބާވަތްތަކާއި އަގުތައް ޓްރޭޑް މިނިސްޓްރީން ހާމަކުރެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް މުދަލެއްގެ އަގު ހެޔޮވާތަނެއް ނުފެނެއެވެ. އަގު އުފުލަން ބޭނުންވާ ބާވަތްތަކުގެ އަގުތައް އިންތިހާއަށް އުފުލައެވެ. އެކަމުގެ ސަބަބުން ހަމައެކަނި ކުރާ ފައިދާއަކީ ލިސްޓުކުރާ ފިހާރަތަކުގެ އަގުތައް ޢާންމުކޮށް އެނގުމެވެ.

މިދިއަ އަހަރުވެސް ކާބޯތަކެތި އެތެރެކުރާ ބައެއް ފަރާތްތަކާއި އިކޮނޮމިކް މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާ ކުރިކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ. އަދި މުދަލުގެ އަގުތައް ނުއުފުލާނެކަމަށާއި ފުދޭވަރުގެ ސްޓޮކެއް ހުރިކަމަށް ވިޔަފާރިވެރިން ބުނިކަމަށްވެސް އެމިނިސްޓްރީގެ ނައިބް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

އެހެންކަމާއިއެކުވެސް ރަމަޟާން މަސް ފެށި ފުރަތަމަ 10 ދުވަސް ނުނިމެނީސް ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިއައެވެ. މަސް ނިމުނުއިރު ހުރީ ހުންނާނެ ހިސާބެއްގައެވެ. ގިނަ ބައަކަށް ވަނީ އެކަމުގެ ސަބަބުން ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައެވެ.

އެސްޓީއޯ އަށް މުހިންމު ބާވަތްތައް އެތެރެކޮށް ރަމަޟާން މަހު ހެޔޮ އަގުގައި ނުވިއްކާނަމަ ހުރިހާ އެއްޗެއްގެ އަގުވެސް އިންތިހާއަށް އުފުލިގެންދާނެކަން އެއީ ބާޒާރުގެ އަގުތަކުން ޔަޤީން ކުރެވޭ ކަމެކެވެ.

އެސްޓީއޯ އިން ބުނަމުން އަންނަނީ އާންމު ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށެވެ. ވިޔަފާރިވެރިންނަށް ފުރުޞަތުދީ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.

އެސްޓީއޯ އަކީ ހުރިހާ ބާވަތެއްގެ މުދާ ވެސް އެތެރެކޮށް ވިއްކުމުގެ ޤާބިލުކަން ލިބިފައިވާ އަދި އެކަމަށް ބޭނުންވާނެ ވަސީލަތްތައްވެސް ހުރި ކުންފުންޏެކެވެ. އެހެންކަމާއިއެކުވެސް ވަކި އުޞޫލުތަކެއްގެ ތެރެއިން ކަންކަން ކުރަނީ ޢާންމު ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމުގެ ބޭނުމުގައެވެ.

އެހެންކަމާއިއެކުވެސް ގިނަ އާންމު ވިޔަފާރިވެރިންގެ އަމަލުތައް ހުންނަ ގޮތުން އެސްޓީއޯ އިން ދީފައިވާ ފުރުޞަތުގެ ބޭނުން ހިފާގޮތާއިމެދު ސުވާލުތައް ދަނީ އަބަދުވެސް އުފެދެމުންނެވެ.

ދާދިފަހުންވެސް ކުކުޅު ބިހެއްގެ އަގު ވަނީ 50 /2 އަށް، -/3 ރުފިޔާއަށް އަރައިފައެވެ. އަލުވި ފިޔާ ފަދަ އަސާސީ ބާވަތްތަކުގެ އަގުތައްވެސް އުފުލައިިފައެވެ.

ކަންކަން މިހެން ހުއްޓައި މުދާ އުފުލާ ވަގުތައް މިގެނައި ބަދަލާއި އަޅުވައި މިއަހަރުގެ ރަމަޟާން މަހު މިފަދަ މައްސަލަތައް އިތުރުކުރާނެކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ.

ބާޒާރުގައި މުދަލުގެ އަގުތައް އަބަދުވެސް ބަހައްޓަމުން ގެންދަނީ މުދާ ގަންނަން ލިބޭ އަގަށް ބަލައިގެނެއް ނޫނެވެ. މުދާ އެތެރެކުރަން ކުރަންޖެހޭ ޚަރަދަށް ބަަލައިގެނެއް ވެސް ނޫނެވެ. ވިއްކާ އަގު ކަނޑައެޅުމުގައި ބަލަނީ އެއިރަކު ވިކެން އޮތް އެންމެ ބޮޑު އަގެއްގައި ވިއްކުމަށެވެ.

ބާޒާރުގައި 15 ރުފިޔާ އާއި 25 ރުފިޔާ އާއި ދެމެދުގެ އަގުތަކުގައި ވިއްކަމުން އައި ލުނބޯ ކިލޯއެއްގެ އަގު 60 ރުފިޔާ އާއި 90 ރުފިޔާ އާއި ދެމެދަށް ދާދިފަހުން ހަމަ ކުއްލިއަކަށް އެރުމުން މިކަންކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. މިހާރުވެސް ލުނބޯ ކިލޯއެއްގެ އަގު ހުރީ ޢާންމުކޮށް 50 ރުފިޔާއަށެވެ. ކުރިން ވިއްކަމުން އައި އަގުގެ ދެގުނައަށްވުރެ ވެސް މަތީގައެވެ. ކޮންމެ އަގެއްގައި ވިއްކި ނަމަވެސް ލުނބޯ ފަދަ ތަކެއްޗަކީ އަމުދުން ރަމަޟާން މަހު ކޮންމެހެން އިތުރަށް ގަންނަން ޖެހޭނެ ތަކެއްޗެވެ.

އެހެންކަމުން ދުރާލައި މިކަންކަމަށް ތައްޔާރުވުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ނޫންނަމަ އެކަމުގެ އަސަރު ރައްޔިތުންގެ ގިނަ ބައަކަށް ކުރާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް