އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް ކ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިންމަފުއްޓަށް

މިނިވަން ޗެމްޕިއަންޝިޕް ކ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިންމަފުއްޓަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު



މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ކ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިންމަފުށިން ހޯދައިފިއެވެ.

މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ކ.އަތޮޅުން ބައިވެރިވީ ހަތަރު ރަށަކުންނެވެ. އެއީ ހިންމަފުއްޓާއި، ގުޅިއާއި، މާފުއްޓާއި، ހުރާއެވެ. އެހެންވެ، ކ.އަތޮޅު ބުރު ކުރިއަށް ގެންގޮސްފައިވަނީ ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލުގައި ވާދަކޮށްގެން ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

ކ.އަތޮޅު ބުރުގައި ކުޅުނު ލީގު ބުރަށްފަހު، އެންމެ ގިނަ ޕޮއިންޓް ލިބިގެން ފައިނަލަށް ދަތުރުކުރީ ހިންމަފުއްޓާއި ގުޅިއެވެ. މާފަންނު ޓާފު ދަނޑުގައި އިއްޔެ ހަވީރު މި ދެ ޓީމު ބައްދަލުކުރި ފައިނަލް މެޗު ނިމުނީ 1-2 ގެ ނަތީޖާއިން ހިންމަފުށި މޮޅުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގުޅިންނެވެ. ގުޅިއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 17 ވަނަ މިނެޓުގައި މުހައްމަދު ޒަރީފެވެ. މެޗުގެ 36 ވަނަ މިނެޓުގައި ހިންމަފުށީގެ އަހުމަދު ޖައިލަމް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުން ހިންމަފުށި މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 40 ވަނަ މިނެޓުގައި އިބްރާހިމް ހަލީމެވެ.

ކ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިންމަފުށިން ހޯދުމުން ހިންމަފުށި ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ. ހިންމަފުށި ހިމެނޭ ޒޯން 4 ގައި ދެން ވާދަކުރާނީ އދ.އަތޮޅުގެ ޗެމްޕިއަނުން ފެންފުށި އެވެ.
ޒޯން ބުރުގެ ޗެމްޕިއަންކަން ކަށަވަރުކޮށްގެން މުބާރާތުގެ ފައިނަލް ބުރަށް އަދި ދަތުރުކޮށްފައިވަނީ ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އަދި ފ.ނިލަންދޫއެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލް ބުރުގައި ޒޯން ޗެމްޕިއަނުންގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ވެސް ވާދަކުރާނެއެވެ. އެއީ، ށ.މިލަންދޫ، އއ.މާޅޮސް، ދ.ކުޑަހުވަދޫ، އަދި ގދ.ތިނަދޫ އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް