އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް ސ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިތަދޫއަށް

މިނިވަން ޗެމްޕިއަންޝިޕް ސ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިތަދޫއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު


މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ސ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިތަދޫއިން ހޯދައިފިއެވެ.

މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ސ.އަތޮޅުން ބައިވެރިވެފައިވަނީ ހަތަރު ޓީމެކެވެ. އެއީ ހިތަދޫއާއި، ފޭދޫއާއި، މަރަދޫއާއި، މަރަދޫފޭދޫއެވެ. އެހެންވެ، ސ.އަތޮޅު ބުރު ކުރިއަށް ގެންގޮސްފައިވަނީ، ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލްގައި ވާދަކޮށްގެެން ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓް ލިބިގެން ފޭދޫ ފައިނަލަށް ދަތުރުކުރިއިރު، ހިތަދޫ ފައިނަލަށް ދަތުރުކުރީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބުނު ޓީމުގެ ގޮތުގައެވެ.

އައްޑޫ ސިޓީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފޭދޫއާއި ހިތަދޫ ބައްދަލުކުރި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ހިތަދޫގެ ކެމެރޫން ކުޅުންތެރިޔާ އަޑަލެކޭ ޑޭވިޑް އޮސަގީ ލަނޑެއް ޖަހައި ހިތަދޫއަށް މެޗުގެ ލީޑު ނަގައިދިންއިރު، ފޭދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 28 ވަނަ މިނެޓުގައި ފޭދޫގެ މުހައްމަދު ސަޔަމް ސައީދުގެ ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލީޑު ނުނެގުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ފޭދޫގެ މައްޗަށް ހިތަދޫއިން ކުރިހޯދީ 2-4 ގެ ނަތީޖާއިންނެވެ.

ސ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިތަދޫއިން ހޯދުމުން ހިތަދޫ ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ. ހިތަދޫ ހިމެނޭ ޒޯން 8 ގައި ދެން ހިމެނެނީ ޏ.ފުވައްމުލަކު ދޫޑިގަމެވެ.

ޒޯން ބުރުގެ ޗެމްޕިއަންކަން ކަށަވަރުކޮށްގެން މުބާރާތުގެ ފައިނަލް ބުރަށް އަދި ދަތުރުކޮށްފައިވަނީ، ހއ.މުރައިދޫއާއި، ށ.ފޯކައިދޫއާއި، ބ.ފެހެންދޫއާއި، ފ.ނިލަންދޫއެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލް ބުރުގައި ޒޯން ބުރުގެ ޗެމްޕިއަނުންގެ އިތުރުން މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރު ޓީމު ވެސް ވާދަކުރާނެއެވެ. އެއީ، ށ.މިލަންދޫއާއި، އއ.މާޅޮސްއާއި، ދ.ކުޑަހުވަދޫއާއި، ގދ.ތިނަދޫއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް