އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޕަ އެނދުގައި ނުނިދާ އުޅެފައި ގެއިން ދިއުމުން ދުވަހަކުވެސް އެނދުގަ ނުނިދާނެކަމަށްބުނެ 6 އަހަރުގެ ދަރިފުޅު ތަޅުންމަތީގަ ނިދާތާ 4 އަހަރު!

ބައްޕަ އެނދުގައި ނުނިދާ އުޅެފައި ގެއިން ދިއުމުން ދުވަހަކުވެސް އެނދުގަ ނުނިދާނެކަމަށްބުނެ 6 އަހަރުގެ ދަރިފުޅު ތަޅުންމަތީގަ ނިދާތާ 4 އަހަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ޚަދީޖާގެ އުމުރުން 6 އަހަރުވީއިރުވެސް އަބަދުވެސް ފެންނަނީ މަންމަ އާއި ބައްޕަ އެކުގައި ނިދާފައި އެނދުގައި ތިބޭ ތަނެވެ. ޚަދީޖާ އެންމެ އުފާވާ ކަމަކީ ފުރުޞަތެއް ލިބިއްޖެނަމަ އެނދުން ފައިގެން ގޮސް މަންމަ އާއި ބައްޕަގެ ދެމެދަށް ވަދެ ސިއްރުން ނިދައިލެވިއްޖެ ނަމައެވެ.

އެއް ރޭ ޚަދީޖާއަށް ހޭލެވިގެން ބަލައިލިއިރު ބައްޕަ ނިދަން އޮތީ ސިޓީންގ ރޫމް ތަޅުންގަނޑުމަތީގައެވެ. ބާރަށް ގޮސް ބައްޕައަށް ގޮވައި ހޭލައްވަން ބޭނުންވިއެވެ. ފުރަތަމަ ހީކުރެވުނީ ފިލްމް ބަަލަން އޮއްވާ ބައްޕައަށް ނިދުނީ ކަމަށެވެ.

އެހެންކަމާއިއެކުވެސް ބައްޕައަށް ގޮވަން ނުކެރިގެން ދެލޯ ފުހެމުން ދިއައީ މަންމައަށް ގޮވާށެވެ. މަންމަ ލައްވައި ބައްޕައަށް ޮގޮވައިގެން އެނދަށް ގެންދެވޭތޯއެވެ.

މަންމަ ގާތަށް ދިއުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. މަންމަ ހޭލައި ކޮޅަށް އިނދެގެން ރޮނީއެވެ. އެތައް ފަހަރަކު ސުވާލުކުރުމުން މަންމަ ބުނީ ރޮވުނީ ބޮލުގައި ރިއްސާތީ ކަމަށެވެ.

އެއިގެ ،2 3 ދުވަސް ފަހުން ފެށިގެން ބައްޕަ ގެއަކު ނުއުޅެއެވެ. ފެންނަނީ ދުވާލަކު 1 ފަހަރުއެވެ. އެންމެ ރެއަކުވެސް "ކޮއްކޮ" ރޭގަނޑު ކާގަޑީގައި ބައްޕަ ގެއަކު ނުއުޅެއެވެ. މަންމަ އާއިއެކު ބައްޕަ އެނދުގައި ނިދަން އޮއްވައެއް ނުފެނެއެވެ، ބައްޕަ އެކަނިވެސް ނިދަން އޮއްވައެއް ނުފެނެއެވެ.

ޚަދީޖާއަށް ވެގެން އުޅޭގޮތް އެނގުނީ މަހެއްހައި ދުވަސް ފަހުންނެވެ. ކްލާސް ކުއްޖަކު ޚަދީޖާގެ ބައްޕަގެ ވެޑިންގ ޕާޓީއަށް ދިއަ ވާހަކަ ބުނުމުން ގެއަށް އައިސް މަންމަ އާއި ކުރަން ފެށި ސުވާލުތަކުން މަންމައަށް ގޮތް ހުސްވެ ރޮމުން ކިޔައިދިން ވާހަކައިންނެވެ.

އެރެއިން ފެށިގެން ޚަދީޖާ އޭނާގެ އެނދަކު ނުނިދައެވެ. ނިދަނީ ކޮޓަރީ ތަޅުންމަތީގައެވެ. އެއީ މަންމަ ރޮއްވާފައި ބައްޕަ ތަޅުންމަތީގައި ނިދިނިދުން ކުށްވެރިކުރަން އެކުޑަކުޑަ ކުއްޖާފުޅަށް ވިސްނުނު ގޮތެވެ. މިހާރު އުމުރުން 10 އަހަރުވީއެވެ. 4 އަހަރު ފާއިތުވީއެވެ. އަދި އެ ނިދަނީ ތަޅުންގަނޑުގައެވެ.

މަންމަ ވަރަށް ގިނަ މަސައްކަތްކޮށްފިއެވެ. ގެއަކީ މަންމަގެ ގެ ކަމާއި އެނދަކީވެސް މަންމަ ކޮއްކޮއަށް ގަނެދީފައި ހުރި އެނދެއްކަންވެސް ކިޔައިދީފިއެވެ. ނަމަވެސް އައި ބަދަލެއް ނެތެވެ.

އެންމެފަހުން މަންމަ ގާތު ބުނީ ކޮއްކޮއަށް ރަނގަޅަށް ނިދެނީ އެގޮތަށް އޮވެ ބައްޕަގެ ހަނދާންކޮށްލާފައި ރޮއެލުމުން ކަމަށެވެ.
ޚަބަރުގައި އެވަނީ ރާއްޖޭގެ ފޮޓޯއެއް ނޫނެވެ. ދުނިޔޭގެ ކޮންމެވެސް ޤައުމެއްގައި ހާލުގައި ޖެހި ރޯން މަޖުބޫރުވެގެން ރޮމުން ގެންދާ ކުދިންކޮޅެކެވެ.

މިގޮތަށް ދުނިޔޭގެ ކަންކޮޅުތަކުގައި ރޮމުން ގެންދާ އެތައް މިލިއަން ކުޑަކުދިންގެ ތެރެއިން އެންމެ ގިނަ ކުޑަކުދިންނަށް ރޯންޖެހިފައިވަނީ ޤައުމުތަކުގައި ކުރަމުން ގެންދާ ހަނގުރާމަތަކުގެ ސަބަބުންނެވެ. އަނެއްބައި ޤައުމުތަކުގައި ހައިހޫނުކަމުގެ ސަބަބުންނެވެ.

ރާއްޖެއަށް ބަލައިފިނަމަ މި ދެ މައްސަލައިންކުރެ އެއްވެސް މައްސަލައެއް ރާއްޖެއަކު ނެތެވެ. ނަމަވެސް ނިިޞްބަތުން ބަލައިފިނަމަ ހަމަ މިފަދައިން ރޯން މަޖުބޫރުވެފައި ތިބި ކުޑަކުދިންގެ އަދަދު ރާއްޖޭގައި މަދެއް ނޫނެވެ.

ރާއްޖޭގައި ކުދިންނަށް ރޯން ޖެހެނީ ދެމަފިރިންގެ ލޯބި އިންތިހާއަށް ދީގެން އަހަރުތަކެއްވަންދެން ބަަލައި ބޮޑުކުރާފަހުން އެކަކަށް މާ ރަނގަޅު ރަން ދުނިޔެއެއް ފެނިގެން މާ ގަދަ މަގަކުން ކުރިއަށްދާން ފަށާއިރު ތިމާގެ އެންމެ ބޮޑު ޒިންމާއަކީ ލޯބިން ގެންގުޅެ ބޮޑުކުރި ދަރިންކޮޅުގެ އުފާވެރިކަން ކަމާއިމެދު ވިސްނައި ނުލާތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް