އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަސޭހަަކަމާއެކު ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ ލީގުގެ އެއްވަނައަށް

ފަސޭހަަކަމާއެކު ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ ލީގުގެ އެއްވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު


އެސްޓީއޯ މާލޭ ލީގުގައި، ފަސޭހަކަމާއެކު 0-4 ގެ ނަތީޖާއިން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރިހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗު ފަށައިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފަށާފައިވަނީ މާޒިޔާއިންނެވެ. އެ ގޮތުން، މެޗުގެ 16 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.

މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) ނަގައިދިން ހުރަހަކުން އިސްމާއިލް އީސަ (މެސީ) އެވެ. މި ލަނޑަށް ފަހުގައި ވެސް، މާޒިޔާއިން ވަނީ މި ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެެހެން ނަމަވެސް، ކޯނެލިއަސް ސްޓެވާޓްއާއި ދާދުއަށް ލިބުނު މި ފުރުސަތުތައް ވަނީ ބޭނުންނުހިފި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ވަރުގަދަކޮށް ކުޅެމުން ދިޔައީ މާޒިޔާއިންނެވެ. މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނެޓުގައެވެ. މާޒިޔާއިން މި ލަނޑު ކާމިޔާބުކޮށްފައިވަނީ، އޭރިއާ ބޭރުން މާޒިޔާގެ ފަރުހާދު އިސްމާއިލް (ފަރޭ) އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން މިލޮސް ކޮވަސެވިޗްއެވެ. މެޗުގެ 74 ވަނަ މިނެޓުގައި ކޯނެލިއަސް ސްޓެވާޓް މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ދާދު ވަނީ އިތުރު ލަނޑެއް ޖަހައި މާޒިޔާއަށް ހަތަރު ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މާލޭ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު ނިމުނީ 2-3 ގެ ނަތީޖާއިން ޓީސީ މޮޅުވެގެންނެވެ. މި މެޗުގައި ޓީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ލަސިޗޭވް އަނަޓޯލީ، އަހުމަދު އާރިފު (އާރި)، އަދި އިބްރާހިމް ވަހީދު ހަސަނެވެ. އީގަލްސްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޕުރްސިނޯ ލުއިޒެވެ.

މި މެޗުތަކުގެ ނަތީޖާއާއެކު، ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ 10 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް 10 ޕޮއިންްޓް ލިބިފައިވާއިރު، މާޒިޔާއަށް އެއްވަނަ ލިބެނީ ލަނޑު ފަރަގުން ކުރި ލިބޭތީއެވެ. ތިންވަނައިގައި އޮތް އީގަލްސްއަށް 8 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ ހަތަރުވަނައަށް ޖެހިލާފައިވަނީ 7 ޕޮއިންޓާއެކުއެވެ.
ލީގުގެ އެއްވަނައަށް މާޒިޔާ ޖެހިލާފައިވާއިރު، މިދިޔަ އަހަރުގެ މާލޭ ލީގު ކާމިޔާބުކުރި ޓީމަކީ ވެސް މާޒިޔާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް