އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ

ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު



ރަޝިއާގައި މި އަހަރު ބާއްވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކަވަރޭޖް ގެނެސްދިނުމުގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެ ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސަައިފިއެވެ.
ޕީއެސްއެމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދު ހަމަޖެއްސިކަމުގެ އެއްބަސްވުމުގައި، ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލެވެ. އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ޚާންއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ އުރީދޫއަކީ އަބަދުވެސް ކުޅިވަރުގެ ކަންތައްތަކަށް އިސްކަންދޭ ބައެއްކަމަށެވެ. އަދި ފުުޓުބޯޅައަކީ ދިވެހިންނާ ވަރަށް ގާތުން ގުޅިފައިވާކަމެއްކަމަށާއި އެހެންވެ ވޯލްޑްކަޕްގެ ކަވަރޭޖް ގެނެސްދެވެން އޮތް އެންމެ ރަނގަޅު ކުއަލިޓީގައި ގެނެސްދިނުމަށް ޕީއެސްއެމާއެކު މަސައްކަތްކުރާނެކަމަށް ނަޖީބު ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޚަލީލު ވިދާޅުވީ، ވޯލްޑްކަޕް ފެށެން ކައިރިވަމުންދާއިރު ޕީއެސްއެމްއިން އަންނަނީ ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަމުންކަމަށެވެ. އެ ގޮތުން، ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައި ޕީއެސްއެމްގެ ނެޓްވޯކާއި އުރީދޫގެ ނެޓްވޯކް މެދުވެރިކޮށް ވޯލްޑްކަޕް ދެއްކުމަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ވީހާވެސް ގިނަ މީހުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކުރަމުން ގެންދާނެކަމަށެވެ.
ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޚަލީލު ވިދާޅުވީ، އެއްވެސް އިރެއްގައި މިވެނި ބަޔަކު ވޯލްޑްކަޕް ދައްކައިގެންނުވާނޭ ޕީއެސްއެމްއިން އަންގާފައިނުވާނެކަމަށާއި އެ ކުންފުނިން އަންގާފައިވަނީ ދިވެހިރާއްޖޭގައި ވޯލްޑްކަޕް ދެއްކުމަށް ލައިސަންސްްކޮށްފައިވާ ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާކަަމަށެވެ.

ޚަލީލު ވިދާޅުވީ ފީފާއިން އިންޑިއާ ހިމެނޭ ސަރަހައްދުގައި ވޯލްޑްކަޕް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ދީފައިވަނީ ސޮނީ ޕިކްޗާސްއަށްކަމަށާއި އެ ރައިޓްސްގެ ދަށުން ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ދީފައިވަނީ ޕީއެސްއެމަށްކަމަށެވެ. އަދި ސޮނީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ރައިޓްސްއާ ޚިލާފަށް ވޯލްޑްކަޕް ބަޔަކު ދައްކާނަމަ އެ ފަރާތަކާމެދު ފިޔަވަޅު އަޅައި އެކަން ރިޕޯޓްކުރަން ވެސް އޮންނަކަމަށް ޚަލީލު ވިދާޅުވިއެވެ.

ޚަލީލު އެހެން ވިދާޅުވި ނަމަވެސް، މީޑިއާނެޓާއި ދިރާގު ޓީވީއިން ވެސް ވަނީ ކަސްޓަމަރުންނާ ހަމައަށް ވޯލްޑްކަޕްގެ ކަވަރޭޖް ގެނެސްދޭނެކަމަށް ކުރިން ހާމަކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް