އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިއާލް ޔުވެންޓަސް މެޗުގެ ރެފްރީ އޮލިވާއަށް އަމާޒުކުރަމުންދާ ބަހުގެ ހަމަލާތައް ޔޫއެފާއިން ކުށްވެރިކޮށްފި

ރިއާލް ޔުވެންޓަސް މެޗުގެ ރެފްރީ އޮލިވާއަށް އަމާޒުކުރަމުންދާ ބަހުގެ ހަމަލާތައް ޔޫއެފާއިން ކުށްވެރިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު



ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޔުވެންޓަސްއާއި ރިއާލް މެޑްރިޑް ބައްދަލުކުރި މެޗުގައި ނިންމި ނިންމުންތަކާ ގުޅިގެން އެ މެޗުގެ ރެފްރީކަންކުރި ރެފްރީ މައިކަލް އޮލިވާއަށް އަމާޒުކުރަމުންދާ ބަހުގެ ހަމަލާތައް ޔޫއެފާއިން ކުށްވެރިކޮށްފައެވެ.

ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި 3-3 ގެ އެގްރިގޭޓް ނަތީޖާއިން އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، މެޗުގެ ފަހު މިނެޓުގައި ރެފްރީ އޮލިވާ ވަނީ ރިއާލް މެޑްރިޑަށް ޕެނަލްޓީއެއް ދީފައެވެ. ޔުވެންޓަސްގެ ޑިފެންޑަރު މެދީ ބެނާޝިއާ، ރިއާލްގެ ލޫކަސް ވަޒްކުއޭޒަށް ފައުލްކުރީކަމަށް ނިންމައި ރެފްރީ އޮލިވާ ރިއާލަށް ޕެނަލްޓީ ދިނުމާއެކު ޔުވެންޓަސްގެ ކުޅުންތެރިން ވަނީ އޭނާ ވަށާލައި ނުރުހުން ފާޅުކުރަން ފެށިއެވެ. ވަކިން ޚާއްސަކޮށް ޔުވެންޓަސްގެ ކެޕްޓަން އަދި ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ ނުރުހުން ފާޅުކޮށް ރެފްރީއާ ޒުވާބުކޮށްފައެވެ. ބުފޮންގެ އަމަލުތައް ހުރިގޮތުން ރެފްރީ އޮލިވާ ވަނީ ބުފޮންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ރެފްރީ އޮލިވާގެ ނިންމުންތަކާ ހިތްހަމަނުޖެހި ހުރެ ބުފޮން ވަނީ ފަހުން ރެފްރީ އޮލިވާއަށް އިތުރު ބަހުގެ ހަމަލާތަކެއް ދީފައެވެ. ބުފޮންގެ އިތުރުން އިޓަލީގެ މީޑިއާތަކުންނާއި ރިއާލާ އިދިކޮޅު ސަޕޯޓަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި ރެފްރީ އޮލިވާގެ ނިންމުންތަކާ ހިތްހަމަނުޖެހި ބަހުގެ ހަމަލާތަކާއި އިންޒާރުތަކެއް ވެސް ދީފައެވެ.

ބުފޮންއާއި ސަޕޯޓަރުންގެ އަމަލުތައް ކުށްވެރިކުރަމުން ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރެފްރީއަށް ކުރިމަތިކުރާ ބަހުގެ ހަމަލާތަކާއި އިންޒާރުތަކާއި ފުރައްސާރަަތަކަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ވެސް ޔޫއެފާގެ ބަޔާނުގައި ބުނެފައިވެއެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް