އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސަށް ތަޢުޒިޔާ ވިދާޅުވެއްޖެ

އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސަށް ތަޢުޒިޔާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން ބާބަރާ ބުޝް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން ބާބަރާ ބުޝް އަވަހާރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި އެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އެކަމަނާއަކީ ވިސްނުންފުޅު ތޫނު، ލިޔަން ކިޔަން އުނގަންނައިދިނުމަށް ބާރު އެޅުއްވި، އެކަމަނާ ޤަބޫލުފުޅުކުރައްވާ ކަންކަމުގައި ސާބިތުކަމާއެކު އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވި، އެތައް ޖީލުތަކުގެ ޒުވާން އަންހެން ކަނބަލުންނަށް ނަމޫނާ ދެއްކެވި ބޭކަނބަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ބާބަރާ ބުޝްއަކީ ކާމިޔާބު ސިޔާސީ އަދި އަމިއްލަ ޙަޔާތްޕުޅެއް ވޭތުކުރެއްވި ބޭކަނބަލެއްކަން ދުނިޔެއަށް ދައްކާފައިވާކަމަށާއި، އެކަމަނާގެ ހަނދާންތަށް މުޅި ދުނިޔެއިން އަބަދުވެސް އާ ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ރައްޔިތުންނަށާއި، އަދި ޙާއްޞަކޮށް އެމެރިކާގެ ކުރީގެ ރައީސް، ބުޝްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު