އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންފުށި އަތުން މާޅޮހަށް ބޮޑު މޮޅެއް، ތިމަރަފުށިން ކުޑަހުވަދޫ ބަލިކޮށްފި

ފެންފުށި އަތުން މާޅޮހަށް ބޮޑު މޮޅެއް، ތިމަރަފުށިން ކުޑަހުވަދޫ ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު



އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުުރުގައި އދ.ފެންފުށި އަތުން އއ.މާޅޮސް ބޮޅު މޮޅެއް ހޯދިއިރު، ތ.ތިމަރަފުށިން ފަހުގެ ޗެމްޕިއަން ދ.ކުޑަހުވަދޫ ބަލިކޮށްފިއެެވެ.

ށ.ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފެންފުށީގެ މައްޗަށް މާޅޮހުން ކުރިހޯދީ 0-6 ގެ ނަތީޖާއިންނެވެ. މި މެޗުގައި މާޅޮހުގެ ހަސަން ފުއާދު ހެޓްރިކެއް ހެދިއިރު، އަހުމަދު ވަޖީހާއި މުހައްމަދު ޖައިލަމް ވެސް ވަނީ މާޅޮހަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި މާޅޮހުން ކާމިޔާބުކުރި ހަވަނަ ލަނޑަކީ ފެންފުށީގެ އަބޫބަކުރު މުހައްމަދުގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފައިނަލް ބުރުގައި މާޅޮހުން މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު، ފެންފުށި ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފައެވެ.

ފ.ނިލަންދޫގައި އިއްޔެ ހަވީރު ބައްދަލުކުރީ ތިމަރަފުއްޓާއި ފަހުގެ ޗެމްޕިއަން ކުޑަހުވަދޫއެވެ. ތިމަރަފުށިން މި މެޗަށް ނުކުތްއިރު، އެ ޓީމު ވަނީ ފައިނަލް ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ނިލަންދޫ އަތުން ބަލިވެފައެވެ. ކުޑަހުވަދޫ ކުޅުނު ފުރަތަމަ މެޗުގައި ގދ.ހޯނޑެއްދޫ އަތުން ވަނީ ބޮޑު މޮޅެއް ހޯދައިފައެވެ. ދެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިއްޔެގެ މެޗުން ކުޑަހުވަދޫގެ މައްޗަށް ތިމަރަފުށި ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ތިމަރަފުއްޓަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކައުސޭ ޖިއަން ފްރާންކޮއިސްއެވެ.

މުބާރާތުގެ ފައިނަލް ބުރުގައި މި އަހަރު ދިހަ ޓީމު ވާދަކުރާއިރު، ފައިނަލް ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި، ގދ.ހޯނޑެއްދޫ، އަދި ސ.ހިތަދޫއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅެނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އއ.މާޅޮސް، އަދި އދ.ފެންފުށިއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅެނީ ފޯކައިދޫގައެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ. މުބާރާތުގެ ސެމީއަށް ދަތުރުކުރާ ހަތަރު ޓީމަަށް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް