އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުނި ފުނިތައް ގިނަވަނީ- މުސާރަ ކަރުގަ އަޅައި ނުގަންނާތީ ހަލާލު

ކުނި ފުނިތައް ގިނަވަނީ- މުސާރަ ކަރުގަ އަޅައި ނުގަންނާތީ ހަލާލު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ޚަބަރުގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވާ ތަަނަކީ ގޯޅީގައާއި ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ ސައިކަލްތައް ޕާކް ކުރާ ސަރަހައްދެވެ. ގޯޅީގައި ހުރި އުސް އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ އަދަދު 500 އާއި ކައިރިކުރާނެ ކަަމަށް ބެލެވެއެވެ.

ގެއެއް ތަޅައި ނެރުނު ގައު ކުނޑި ބަސްތާތަކެއް ހަމަ އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަތާ މަސް ދުވަހަށްވުރެ ގިނަވީފަހުން ނެގީ ދާދިފަހުން މާލެތެރެ ސާފުކުރުމަށް ހިންގި މާ ސާފު ޕްރޮގްރާމް ހިންގި ދުވަހުއެވެ.

އެއިގެ ފަހުން އަދި މިވީ މަދު ދުވަސްކޮޅެކެވެ. އަނެއްކާވެސް ހަމަ އެ ސަރަހައްދަށް އެވަނީ ބޮޑު ކުނިފުންޏެއް ޖަހައިފައެވެ. މިހާރު ދެ ދުވަސްވީއެވެ. އަނެއްކާ ވެސް މި ކުނިތައް ނެގޭނީ މާ ސާފު ޕްރޮގްރާމެއް ހިންގާ ދުވަހަކު ކަމަށްވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

ދާދިފަހުން ވަނީ މާލޭގެ މަގުތަކުން ކުނި ނެގުން ވެމްކޯ އާއި ހަވާލުކޮށްފައެވެ. ނަމަވެސް އެއީ މިގޮތަށް ގޭގެއިން ނެރެ މަގުތަކަށް ފުނިޖަހާ ކުނިތަކެއް ނޫނެވެ. ޢާންމު ކުންޏެވެ. ވެމްކޯއިން މިއަދު ބުނީ އެކުންފުންޏާއި ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރަމުން ގެންދާ ކަމަށެވެ.

ކުރިން ކިތަންމެ ކުޑަ ކޮޅެއް ނަމަވެސް އަމިއްލައަށް އުކައިލާނަމަ ޕިކަޕަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އެކަމަށްވެސް ވެމްކޯއިން މިހާރު ވަނީ ލުއި ގޮތްތަކެއް ހަމަަޖައްސައިދީފައެވެ. ކުނި ހުރި އަދަދުގެ ނިޞްބަތުން ޕިކަޕް ފީ ހަމަޖައްސައިދީފައެވެ.

މަގުމަތީގައި ކުނި ޖަމާކޮށްފައި ނުބެހެއްޓުމަކީ ފަރުދީ ޒިންމާއެކެވެ. އެއީ ހަމަ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާއެކެވެ. ދީނީ ގޮތުންވެސްމެއެވެ. މަގުމައްޗަށް ކުނި އަޅައި އެހެން މީހުންނަށް އުނދަގޫކުރުމަކީ އިސްލާމް ދީނުގައި ހުއްދަކުރާ ކަމެއް ނޫނެވެ. އެކަން ނުކުރުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ.

މިކަމާއި ގުޅިގެން ދާދިފަހުން ވަނީ ޚުޠުބާގައި ވެސް އިރުޝާދު ދީފައެވެ. ޚުޠުބާގައި ބުނީ މަގުމައްޗަށް ކުނި ނުއަޅާނަމަ މަގުތަކުގައި ކުނި ނުހުންނާނެ ކަމަށެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ. ނަމަވެސް އެންމެ މުހިންމު ބައި ޚުޠުބާގައި މަދެވެ. އެއީ މިފަދަ ކަންކަން ބެލެހެއްޓުމާއި ހަވާލުވެ ބޮޑެތި މަޤާމުތަކުގައި ތިބެ ބޮޑެތި މުސާރަތަކާއި އިނާޔަތްތައް ނަގައި ދައުލަތުގެ ކަޅުބިއްލޫރިޖެހި ކާރުގައި އުޅޭ މީހުން، އެމީހުންގެ މަސްއޫލިއްޔަތު އަދާނުކުރާނަމަ މުސާރަ ހަލާލު ނުވާނެކަމުގެ ވާހަކައެވެ. އެކެވެނީ ހަލާލު ފައިސާ ނޫން ކަމާއި ބޭނުން ކުރެވެނީ ޙަލާލް އިނާޔަތްތައް ނޫން ކަމުގެ ވާހަކައެވެ.

މަގުތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެއް ކަމަށް އެނގިފައި އޮތީ ހައުސިންގ މިނިސްޓްރީއެވެ. ކުނީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ކަމަށް އެނގިފައި އޮތީ އެންވަޔަރަންމަންޓް މިނިސްޓްރީއެވެ. އަލަށް އުފެއްދި ކުނީ ޕޮލިސްގެ ޒިންމާ އަދި ސާފެއް ނުވެއެވެ. ނަމަވެސް އެނގޭ ކަމަކީ މިކަންކަން ބެލެހެއްޓުމާއި ހަވާލުވެ ތިބި ބައަކު ރައްޔިތުންގެ ފައިސާ އިން ކޮންމެ މަހަކުވެސް ބޮޑެތި އިނާޔަތްތަކާއި މުސާރަތައް ނަގަމުން ގެންދާ ކަމެވެ. ކަރަށް ލުމުން އަޅައި ނުގަންނަތީ ހަލާލު ކަމަށް ނިންމައި މުސާރައާއި އިނާޔަތްތައް ބޭނުންކުރަމުން ގެންދާ ކަމެވެ.

މި ކުނިތައް ހުރީ އަމީނީ މަގުން އައިސް ހަނދުވަރީ ހިނގުމަށް އަޅާއިރު ވައަތް ފަރާތުން ފުރަތަމަ ޖެހޭ ގޯޅީގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް