އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުގައި ފޯކައިދޫއާއި ތިމަރަފުށި

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުގައި ފޯކައިދޫއާއި ތިމަރަފުށި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެން ށ.ފޯކައިދޫއާއި ތ.ތިމަރަފުށި މުބާރާތުގެ ފައިނަލަށް ދަތުރުކޮތށްފިއެވެ.
ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ފ.ނިލަންދޫގެ މައްޗަށް ފޯކައިދޫ ކުރިހޯދީ 0-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފޯކައިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ފާރިޝް އިބްރާހިމާއި ހުސައިން ނިޝާނެވެ.

ނިލަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުން ބ.ފެހެންދޫގެ މައްޗަށް ތިމަރަފުށިން ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ތިމަރަފުށީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ތޯހިރާއި ކޮއުއައްސީ ޖީނެވެ. ފެހެންދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ނަސީމެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ހަތަރު ޓީމަށް މި އަހަރުގެ ވެސް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އެ ހަތަރު ޓީމުގެ އިތުރުން ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ދެން ލިބިފައިވަނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމަށެވެ.

މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިމަރަފުށި ވަނީ 2016 ވަނަ އަހަރުގެ ފައިނަލްގައި ވާދަކޮށްފައެވެ. އެ ފަހަރު ފައިނަލްގައި ތިމަރަފުށި ބަލިވަނީ ބ.އޭދަފުށި އަތުންނެވެ. މިއީ މި މުބާރާތުގެ ފައިނަލަށް ފޯކައިދޫ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދ.ކުޑަހުވަދޫއެވެ. މި އަހަރުގެ މުބާރާތުގައި ވެސް ކުޑަހުވަދޫ ބައިވެރިވިއިރު، ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފައެވެ.
2016 ވަނަ އަހަރުގެ މުބާރާތް ބ.އޭދަފުށި ކާމިޔާބުކުރިއިރު، މި މުބާރާތް ބޭއްވި ފުރަތަމަ ފަހަރު 2015 ގައި ޗެމްޕިއަންކަން ހޯދީ ސ.ފޭދޫއެވެ. މި އަހަރުގެ މުބާރާތުގައި މި ދެ ޓީމު ވެސް އަތޮޅު ބުރުން ކަޓައިގެން ގޮސްފިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް