އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑު ތަރުހީބެއް ލިބި ދިރާގު އިންޓަ ސްކޫލް ބައިކް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ބޮޑު ތަރުހީބެއް ލިބި ދިރާގު އިންޓަ ސްކޫލް ބައިކް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު


"ބައިކް މޯލްޑިވްސް" އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު ފުރަތަމަ އިންޓަ ސްކޫލް ބައިކް ޓޯނަމެންޓް" އަށް ބޮޑު ތަރުހީބެއް ލިބި ކާމިޔާބުކަމާއެކު މުބާރާތް ނިންމާލައިފިއެވެ.
ހުޅުމާލެ ރޭސިން ޓްރެކްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 20 ސްކޫލަކުން 400 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. މިދިޔަ ހުކުރު ދުވަހު ހެނދުނު ފެށި މުބާރާތް އިއްޔެ ހަވީރު ނިންމާލިއިރު، މުބާރާތުގައި ތަފާތު 34 އީވެންޓެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މުޅި މުބާރާތުގެ ހުރިހާ އީވެންޓަކުން އެންމެ ކާމިޔާބު ސްކޫލަކަށް ހޮވިފައިވަނީ ސެންޓާ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ. މުޅި މުބާރާތުން ދެވަނަ ޤާޒީ ސްކޫލް ހޯދިއިރު، ތިންވަނަ ހޯދީ ހިރިޔާ ސްކޫލެވެ.

މުބާރާތުން އެންމެ މޮޅު ސްކޫލް ހޮވުމުގައި ބަލާފައިވަނީ ޖުމުލަ ގޮތެއްގައި އެންމެ ގިނަ ޕޮއިންޓް ލިބޭ ސްކޫލަށެވެ. އެ ގޮތުން، ޕޮއިންޓް ދީފައިވާ އުސޫލަކީ، ކޮންމެ ރަން މެޑައްޔަކަށް 30 ޕޮއިންޓް، ކޮންމެ ރިހި މެޑައްޔަކަށް 20 ޕޮއިންޓް، އަދި ކޮންމެ ބްރޯންޒު މެޑައްޔަކަށް 10 ޕޮއިންޓެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަތަކަށް ދިޔަ ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެވީ ދިރާގު ކުންފުނީގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު ފާހިރެވެ.
މުބާރާތް އިންތިޒާމްކުރި ބައިކް މޯލްޑިވްސްއިން ބުނީ ސްކޫލް ކުދިން ބައިކު މުބާރާތަށް ލިބުނު ތަރުހީބާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް އަދި މިއަށްވުރެ ރަނގަޅަށް މުބާރާތް ކުރިއަށްގެންދާނެކަމަށެވެ. އަދި މުބާރާތް ބޭއްވުމަށް ސްކޫލްތަކުންނާއި ދަރިވަރުންގެ ބެލެނިވެރިން ދެއްވި އެއްބާރުލުން އެ ޖަމިއްޔާއިން ވަރަށް ބޮޑަށް ފާހަގަކުރިއެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް