އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިކްޓަރީ ބަލިކޮށް ނިއު އެއްވަނައިގައި ހަމަޖެހިލައިފި

ވިކްޓަރީ ބަލިކޮށް ނިއު އެއްވަނައިގައި ހަމަޖެހިލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މާލޭ ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެގެން ނިއު ރޭޑިއަންޓް އެއްވަނައިގައި އޮތީ 22 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ވިކްޓަރީ އޮތީ 15 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ. ހަތަރުވަނައިގައި ޓީސީ ސްޕޯޓްސް ކްލަބް އޮތީ 14 ޕޮއިންޓް ލިބިގެންނެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން ވިކްޓަރީގެ މައްޗަށް ނިއު ކުރިހޯދީ 1-3 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ އެޓޭކިން ކުޅުމެކެވެ. ނިއު ބޮޑަށް ކުރިއަށް ޖެހިގެން ހަމަލާތަކެއް އުފެއްދިއިރު، ވިކްޓަރީއިން ދިޔައީ ލިބުނު ކައުންޓާ އެޓޭކްތަކުގައި ނިއުގެ ގޯލަށް ނުރައްކާކުރަމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިއުއިންނެވެ. ނިއުއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 35 ވަނަ މިނެޓުގައި މިޑްފީލްޑަރު މުހައްމަދު އުމައިރެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ނިއުއިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. ނިއުއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ.

މެޗުގެ ދެވަަނަ ހާފު ފަށައިގެން ވެސް ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި ތަން ފެނިގެން ދިޔައެވެ. ވިކްޓަރީއިން ނަތީޖާ ބަދަލުކުރަން މަސައްކަތްކުރަމުން ދަނިކޮށް، ނިއުއިން ވަނީ އަލުން ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. މެޗުގެ 69 ވަނަ މިނެޓުގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އެވެ. ވިކްޓަރީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައި ސައިމަން ޓިބޯއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާއި ކްލަބް ވެލެންސިއާއެވެ. މިރޭ ބައްދަލުކުރާނީ މާޒިޔާއާއި ޓީސީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް