އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 އަަހަރުވަންދެން ދެމަފިރިންގެ މެދުގައި ޖެހެމުން އައި މައްސަލަތައް 3 ހަފްތާއިން އެކުގައި ނައްތައިލެވުނު ބޮޑު ފަންޑިތަ!

4 އަަހަރުވަންދެން ދެމަފިރިންގެ މެދުގައި ޖެހެމުން އައި މައްސަލަތައް 3 ހަފްތާއިން އެކުގައި ނައްތައިލެވުނު ބޮޑު ފަންޑިތަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު

ޤަސީން ކައިވެނިކުރީ އުމުރުން 27 އަހަރުގައެވެ. ކައިވެންޏަށް 8 އަހަރުވަރުވީތަނާ ކުދިކުދި މައްސަލަތައް ޖެހެމުން އައިސް ކައިވެންޏަށް 12 ވަނަ އަހަރު އަނބިމީހާ އެއް ދުވަހު ބުނީ އިތުރަށް ހަމަ އެންމެ ދުވަހަކުވެސް ޤަސީން އާއިއެކު ދިރިއުޅެން ބޭނުން ނޫން ކަމަށެވެ. ބޭނުންވަނީ ލިބިފައި ތިބި 5 ދަރިން ގޮވައިގެން ހަމަ އެދުވަހުން ދުވަހަށް އޭނާގެ އަމިއްލަ ގެއަށް ބަދަލުވާން ކަމަށެވެ. އަދި އެއަށްފަހު ކޯޓަށް ގޮސް ވަރިވާން ކަމަށެވެ.

ޤަސީން އެދުނީ ވިސްނައިލަން ހަމަ އެންމެ 1 ގަޑިއިރު ދިނުމަށެވެ.

ޤަސީންގެ ހަނދާނަށް އައީ އެއިގެ 3،2 ދުވަސް ކުރިން އޭނާއަށް މީހަކު ކިޔައިދިން ވާހަކަތަކެކެވެ. ނުވަތަ ދިން ނަޞޭޙަތަކަށެވެ. އެވާހަކަތައް ކިޔައިދިނީ ޤަސީންގެ ކައިވެނި ރޫޅުމުން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ރަޙްމަތްތެރިޔާ އެވާހަކަތައް ކިޔަވައިދިނުމުން ޤަސީން ހުރީ އެކަމަށް އަމަލުކުރަން ވަރަށް ބޭނުންވެގެންނެވެ. ނަމަވެސް އަމަލުކުރަން ފަށާނެ ފުރުޞަތަކަށް ބަލަން ހުއްޓައި ކުއްލިއަކަށް މިކަން ކުރިމަތިވީއެވެ.

އެމީހާ ޤަސީނަށް ދިން ނަޞޭޙަތް:

ޢާއިލާ އެކުގައި ގޭގައި ނަމާދުކުރުމަކީ ޢާއިލީ ގުޅުން އިތުރުވާ ކަމެކެވެ. ނަމަވެސް މިބުނަނީ ގޭގައި ތިބޭ ފިރިހެނުން ޖަމާއަތުގައި ބައިވެރިވުމަށް މިސްކިތަށް ނުގޮސް ގޭގައި ނަމާދުކުރާ ވާހަކައެއް ނޫނެވެ.

ނަމާދަށް ގޮވުމުން ފިރިހެން ދަރިން ގޮވައިގެން ޤަސީން މިސްކިތަށްދާށެވެ. ސުންނަތްކުރަން ގެއަށްދާށެވެ. ގެއަށް ގޮސް އަނބިމީހާ އާއި އަންހެން ދަރިންނާއިއެކު ސުންނަތްކުރާށެވެ. އަދި މިހާލަތުން ސަލާމަތްކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ.!

ޢާއިލާ އާއިއެކު ނަމާދުކުރުމަކީ އެކަމުގައި މާތް ﷲ ވަރަށް ބޮޑަށް ބަރަކާތް ލައްވަވާ ކަމެކެވެ. އަދި ބަންގިގޮވުމުން އަވަހަށް ނަމާދު ކުރުމަށް ހިތްވަރުވެސް ލިބޭ ކަމެކެވެ. އެހެނީ އެއިރުން އަނބިމީހާވެސް ބަންގިގޮވުމުން ނަމާދަށް އިސްކަންދޭނެއެވެ. ފިރިމީހާ އާއިއެކުގައި ސުންނަތް ކުރަން ތައްޔާރުވެގެން ހުރެ އެކަމަށް އިންތިޒާރުކުރާނެއެވެ.

މިކަން އަމިއްލައަށް ތަޖުރިބާކުރި އެތައް ބައަކު ވަނީ އެކަމުގެ ކާމިޔާބީ ޙާޞިލުކޮށްފައެވެ. ބެލެވޭ ގޮތުން މިކަން މެދުވެރިވާ ސަބަބަކީ ބަރާބަރަށް ނަމާދުކުރަން ދެމަފިރިންނަށްވެސް އާދަވުމެވެ. ބަރާބަރަށް ނަމާދުކުރާ ދެމަފިރިންގެ މެދަށް ވަނުމަކީ ޝައިޠާނާއަށް އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ކޫސަނި މައްސަލަތަކާއި ފިތުނަ އުފައްދަނީ ޝައިޠާނާއެވެ. ޝައިޠާނާ ދުރަށް ޖައްސައިލެވުމުން އެފަދަ ހުރިހާ ކަމަކުން ސަލާމަތް ވެވޭނެއެވެ."

ޤަސީން އޭނާގެ 5 ދަރިންނަށް ގޮވައި ގާތަށް ގެނައެވެ. އަދި އަނބިމީހާވެސް ގެނައެވެ. އެއިރު އަނބިމީހާ ވަނީ ކުދިންނަށްވެސް އެކަން އަންގައިފައެވެ. ދިއައީ ގެއިން ދިއުމަށް ފޮށި ތަންމަތި ތައްޔާރުކުރަމުންނެވެ.

"މިތިބަ 5 ދަރިންގެ ޙައްޤުގައިވެސް މިދައްކާވާހަކަ އަޑުއަހައިބަލާށެވެ. މާތް ﷲ އަށްޓަކައިވެސް ނިކަން އަޑުއަހައިބަލާށެވެ. އަހަރެމެންގެ މެދުގައި ޖެހިގެން މިއައީ އެއްވެސް ބޮޑު މައްސަލައެއް ނޫނެވެ. ކޫސަނި މައްސަލަތަކެވެ. ކަންކަމުގައި ޚިޔާލުތަފާތުވުމުގެ މައްސަލަތަކެވެ.

މި 5 ދަރިންގެ ހައްޤުގައިވެސް އަހަރެމެންނަށް އެކުގައި ދިރިއުޅެން އެބަޖެހެއެވެ. ދެމަފިރިން ވަކިވެއްޖެނަމަ މި 5 ދަރިންނަށް ލިބޭނެ ގެއްލުންތަކަށްވެސް ވިސްނައިލާށެވެ.

އަހަރެމެން ދެމަފިރިންގެ މެދަށް ވަދެގެން މިއުޅެނީ ޝައިޠާނާއެވެ. ޝައިޠާނާ ފައްސައިލެވިއްޖެނަމަ މިކަމުން ސަލާމަތްވެވޭނެއެވެ. މިހުރިހާ ދުވަހުވެސް އެކުގައި އުޅުނީ ނޫންހެއްޔެވެ؟ އެހެންވީމާ މިކިޔާ ވާހަކަ ރަނގަޅަށް އަޑުއަހައި އެގޮތަށް އެންމެ އެއް މަސް ދުވަހު އެކުގައި އުޅެވޭތޯ ބަލައިލުން ކީއްހެއްޔެވެ؟" ބުނުމަށްފަހު ރަޙްމަތްތެރިޔާ ކިޔައިދިން އެކުގައި ނަމާދުކުރާ ވާހަކަ އަނބިމީހާއަށް ކިޔައިދިނެވެ.

ކުރިމަތީގައި ދަރިން ތިބުމުން ނަމަވެސް އަނބިމީހާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ބޮޑެތި ކުދިން ތިބީ ކަންކަން އެނގޭވަރަށް ބޮޑުވެފައެވެ. އެހެންކަމުން ބޭނުންހައި ގޮތަކަށް ކަންކަން ކޮށްފިނަމަ އެކުދިން ކޮންމެވެސް ދުވަހަކުން ބުނާނެ ބަސް ވިސްނިފައި ނަމަވެސް ފިރިމީހާގެ ހުށަހެޅުން ޤަބޫލުކުރިއެވެ.

ނަތީޖާ ފެނުނީ ކިހިނެއް ކަމަށްތޯއެވެ؟ އެގޮތަށް އަމަލުކުރަން ފެށިތާ 3 ދުވަސްވެސް ނުވަނީސް ޖެހޭ މައްސަލަތައް މަދުވާންފެށިއެވެ. 7 ދުވަސްވީއިރު އެއްވެސް މައްސަލައެއް އޮތް ކަމަށް ބުނެވޭކަށް ނެތެވެ. 3 ހަފްތާ ވެގެންދިއައިރު ދެމަފިރިންމެދުގައި ލޯބި ވަނީ އެންމެ ފުރަތަމަ ދުވަހާއި އެއްވަރަށް ގަދަފަދަވެފައެވެ. އެތައް އަހަރެއްވަންދެން ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލަތަކުގެ މަތިން ހަނދާން ހުރި މީހަކުވެސް ހުރިކަމަކަށް ނުވެއެވެ. ދަރިންކޮޅު ތިބީ އުފަލުން ފޮޅިފައެވެ.

މިފަދަ އިބްރަތްތެރި އެތައް ކަމެއް ދުނިޔޭގައި ހިނގަމުންދާއިރުވެސް ވިސްނައިލަނީ މަދު މީހެކެވެ. ރީތިކޮށް ބޮޑެތި ގެތައް ޒަމާނީ ފެންވަރަށް އަޅާއިރުވެސް ޢާއިލާ އެކުގައި ނަމާދުކޮށްލާނެ ކޮޓަރިއަކަށް ނުވިސްނައެވެ.

ޢާއިލާ އެކުގައި ނަމާދުކުރަން ކޮންމެ ގެއެއްގައި ވަކި ކޮޓަރިއެއް ޚާއްޞަ ނުކުރެވިދާނެއެވެ. ދިރިއުޅޭ ތަންކޮޅުގައި ނަމަވެސް އެކަން ކުރަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެއެވެ. ހުރިހާ ދަރިންނާއިއެކު ނުކުރެވުނު ނަމަވެސް ދެމަފިރިންނަށް އެކުގައި ނަމާދުކޮށްލެވޭވަރު ހަމަ ދިރިއުޅޭ ކޮޓަރީގައިވެސް ވާނެއެވެ. ކުރަން އޮތް ކަމަކީ ހެޔޮ ނިޔަތާއިއެކު ކަންކަން ކުރަން މަސައްކަތްކުރުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް