އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޭޑޭ ގައިދީއެއްގެ ސިއްޙީ ހާލަތު ގޯސްވުމުން ވަކީލު ކަންބޮޑުވުން ފާޅުކޮށްފި

މޭޑޭ ގައިދީއެއްގެ ސިއްޙީ ހާލަތު ގޯސްވުމުން ވަކީލު ކަންބޮޑުވުން ފާޅުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު



މޭޑޭ ގައިދީއެއްގެ ސިއްޙީ ހާލަތު ގޯސްވެ ވަކީލު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސިއްޙީ ހާލަތު ގޯސްވެފައިވަނީ މޭޑޭ މުޒާހަރާއާއި ގުޅިގެން ހަތް އަހަރަށް ޖަލަށްލާފައިވާ ގ. ފެރެސްލައިޓް އިބްރާހިމް ރަޝީދުއެވެ.

އޭނާގެ ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އިބްރާހިމް ރަޝީދުގެ ބަލި ހާލަތު ދައްކަން ފެންނަ ފޮޓޯތަކެއް ފެނިވަޑައިގެންފައިވާ ކަމަށެވެ.

ވަކީލު ނާޒިމް ވިދާޅުވީ، އިބްރާހިމް ރަޝީދަށް ދިމާވެފައިވަނީ ސިއްޙީ ކޮން މައްސަލައެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް އޭނާގެ މުޅި ހަށިގަނޑު ފާރުވެފައިވާ ކަމަށެވެ.

މޭޑޭގެ މުޒާހަރާގެ ތެރެއިން އިބްރާހިމް ރަޝީދު ވަނީ ފުލުހަކު ވައްޓާލައި އަނިޔާކޮށްފައިކަމަށް ބުނެ، އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާކަމަށް ނިންމާ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ