އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަސޭހަކަމާއެކު މާސޭ ބަލިކޮށް އެތްލެޓިކޯއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ފަސޭހަކަމާއެކު މާސޭ ބަލިކޮށް އެތްލެޓިކޯއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު


ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފަސޭހަކަމާއެކު އޮލިމްޕިކް މާސޭ ބަލިކޮށް އެތްލެޓިކޯ މެޑްރިޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗުގައި މާސޭގެ މައްޗަށް އެތްލެޓިކޯއިން ކުރިހޯދީ 0-3 ގެ ނަތީޖާއިންނެވެ. މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވުނު ނަމަވެސް މާސޭގެ ފުރުސަތުތަކުގެ ބޭނުން ނުކުރެވި ހުއްޓައި، އެތްލެޓިކޯއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. އެތްލެޓިކޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމުގެ ތަރި އެންޓޮއިން ގްރީޒްމަނެވެ.

މާސޭއަށް މި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޑިމިޓްރީ ޕަޔެޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުމެވެ.

0-1 ގެ ނަތީޖާއިން އެތްލެޓިކޯ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައި މާއިރުތަކެއް ނުވަނީސް އެތްލެޓިކޯއިން މެޗުގެ ލީޑު ނެގިއެވެ. މެޗުގެ 49 ވަނަ މިނެޓުގައި އެތްލެޓިކޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރީޒްމަނެވެ. އެތްލެޓިކޯގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 89 ވަނަ މިނެޓުގައި ގަބީއެވެ.

މިއީ އެތްލެޓިކޯއިން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެތްލެޓިކޯއިން މި މުބާރާތް ކުރިން ކާމިޔާބުކުރީ 2010 ވަނަ އަހަރާއި 2012 ވަނަ އަހަރުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް