އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓޯކް ސިޓީގެ ކޯޗުކަމުން ޕޯލް ލެމްބާޓު ވަކިވެއްޖެ

ސްޓޯކް ސިޓީގެ ކޯޗުކަމުން ޕޯލް ލެމްބާޓު ވަކިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އިނގިރޭސި ޕްރެމިއާ ލީގުން މި ސީޒަންގައި ރެލިގޭޓްވި ސްޓޯކް ސިޓީގެ ކޯޗުކަމުން ޕޯލް ލެމްބާޓު ވަކިވެއްޖެއެވެ.

ލެމްބާޓު ސްޓޯކް ސިޓީގެ ކޯޗުކަމުން ވަކިވިއިރު، އެ ޓީމުގެ ކޯޗުކަމާ ލެމްބާޓު ހަވާލުވި ފަހުން މިހާތަނަށްވީ އެންމެ ހަތަރު މަސް ދުވަހެވެ.

ލެމްބާޓު ސްޓޯކް ސިޓީގެ ކޯޗުކަމުން ވަކިވެފައިވާކަން ހާމަކުރަމުން އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ލެމްބާޓު ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސްޓޯކް ސިޓީގެ ކޯޗުކަމާ ހަވާލުވެ ލެމްބާޓުގެ އިރުޝާދުގެ ދަށުން އެ ޓީމަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނެތެވެ. އޭނާގެ އިރުޝާދުގެ ދަށުން ސްޓޯކް ސިޓީ ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.

މި ސީޒަންގައި ސްޓޯކް ސިޓީއިން އިނގިރޭސި ޕްރެމިއާ ލީގު ނިންމާލީ ލީގުގެ ފުލުން ދެވަނައިގައެވެ. އެއާއެކު ސްޓޯކް ވަނީ އިނގިރޭސި ލީގުން ރެލެގޭޓްވެފައެވެ. އަންނަ ސީޒަންގައި ސްޓޯކް ސިޓީ ކުޅެންޖެހޭނީ ދެވަނަ ޑިވިޝަންގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ސްޓޯކް ސިޓީއިން އަންނަނީ އެ ކްލަބްގެ ކޯޗުކަމަށް، ދާދިފަހުން ވެސްޓްހާމް ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވި ޑޭވިޑް މޮޔެސް ގެނައުމަށް މަސައްކަތްކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް