އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދެއްވީ އަސާސީ ޤަވާއިދާ އެއްގޮތަށް: އީސީ

ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދެއްވީ އަސާސީ ޤަވާއިދާ އެއްގޮތަށް: އީސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެއްވާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ދިނުމަށް ނިންމާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އެ ގޮތުން، އެ ޕާޓީގެ ޓިކެޓް ޔާމީނަށް ދެއްވި ގޮތާއި އެ ޕާޓީގެ އަސާސީ ޤަވާއިދުގެ މާއްދާތަކާއެކު އެ ކޮމިޝަނަށް ފޮނުވާފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ. އަދި އެ ލިޔެ ކިޔުންތަކާއި އެ ޕާޓީގެ އަސާސީ ޤަވާއިދު ދިރާސާކުރިއިރު، ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވީ ޤަވާއިދާ އެއްގޮތަށްކަން އެ ކޮމިޝަނުން ކަނޑައަޅާފައިވާކަމަށް އަކުރަމް ވިދާޅުވިއެވެ.

ޕީޕީއެމްއިން ބުނި ގޮތުގައި، ރައީސް ޔަމީނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ދެއްވުމަށް ނިންމީ އެ ޕާޓީގެ އަސާސީ ޤަވާއިދުގެ 69 ވަނަ މާއްދާގެ (އ) އާ އެއްގޮތަށް ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ، ޕީޕީއެމްގެ ޓިކެޓުގައި ހޮވިވަޑައިގެން ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ، ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ދެވިދާނެކަމަށެވެ. ނަމަވެސް، ޕާޓީގެ މުސްތަޝާރާ ވާދަކޮށް ޕާޓީގެ ޓިކެޓް ހޯދުމަށް އިތުރު މެންބަރަކު ނުވަތަ މެންބަރުންތަކެއް ޝައުޤުވެރިކަން ފާޅުކޮށްފިނަމަ، އެ މެންބަރަކު ނުވަތަ މެންބަރުންތަކަށް ޕްރައިމަރީއަކަށް ގޮސް ޕާޓީގެ މުސްތަޝާރާ ވާދަކޮށްގެން ޓިކެޓް ހޯދުމުގެ ފުރުސަތު ދޭން ފެނޭތޯ އެ ރިޔާސީ އިންތިޚާބުގެ ތާރީޚާ އެންމެ ކައިރިކޮށް ބޭއްވޭ ޕާޓީގެ ޤައުމީ ޖަލްސާއެއްގައި މަންދޫބެއްގެ ވޯޓަކުން ނިންމަންވާނެކަމަށެވެ. އަދި އެ ގޮތަށް އެ މެންބަރުންނަށް ފެންނަމަ ޕްރައިމަރީއެއް ބާއްވަން ޖެހޭނެކަމަށެވެ.

ޕާޓީގެ އަސާސީ ޤަވާއިދުގައި މި ގޮތަށް އޮތްއިރު، އެ ޕާޓީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެ ޕާޓީގެ އިސް މަޤާމްތައް ކުރިން ފުރުއްވި ބެއެއް ބޭފުޅުން އެކަމާ ގުޅޭގޮތުން ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް ޓިކެޓް ދެއްވުމަށް ކައުންސިލުން ނިންމީ ޝައުޤުވެރިވާ އެހެން މެންބަރަކު ހުރިތޯ ނުވަތަ ނެތްތޯ ބަލަށް ޕްރައިމަރީއަށް ހުޅުވާ ނުލައިކަމަށެވެ. އެހެންވުމުން ޕްރައިމަރީއަކަށް ހުޅުވައި ނުލައި ރައީސް ޔަމީނަށް ޓިކެޓް ދެއްވުމަކީ އެ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށްކުރި ކަމެއްކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު