އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެންސަރަކީ އޭނާއަށް ދެއްވި ނިޢުމަތެއް ކަމުގައި ބުނި އަލީ ބަނާތުގެ ވާހަކަ

ކެންސަރަކީ އޭނާއަށް ދެއްވި ނިޢުމަތެއް ކަމުގައި ބުނި އަލީ ބަނާތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

އަލީ ބަނާތުއަކީ އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން މުސްލިމެކެވެ. ކާމިޔާބު ދިރިއުޅުމެއްގައި ދިރިއުޅެމުން އައި އަލީ ގެ ޙަޔާތް އެއްކޮށް ބަދަލުވީ، އޭނާގެ ދިރިއުޅުމުގައި ކުރިމަތިވި ބޮޑު ހާދިސާއަކަށް ފަހުއެވެ.

އޭނާއަށްވީ ކިހިނެއްތޯ ސުވާލު ކުރުމުން އަލީ ބުނީ، ނިޢުމަތެއްގެ ގޮތުގައި މާތް ﷲ އޭނާއަށް ކެންސަރު ދެއްވި ކަމަށެވެ.

ކެންސަރުފަދަ ނުރައްކާތެރި ބައްޔެއް ޖެހުމުން، އެއީ އެކަލާނގެ ދެއްވެވި ނިޢުމަތެކޭ އަލީ ބުނަނީ ކީއްވެތޯ ސުވާލު ކުރުމުން، ލޮލުން ކަރުނަ ފޫދާލުމަށްފަހު އަލީ ބުންޏެވެ.

"އަހަރެންގެ އުޅުން އިސްލާޙުކޮށް، ފުރިހަމަ ރަނގަޅު މުސްލިމަކަށް އަހަންނަށް ވެވުނީ ކެންސަރުގެ ސަބަބުންނެވެ. އަހަންނަށް އެއީ ނިޢުމަތަކަށް ވަނީ، ކެންސަރު ޖެހުމަކީ ރަނގަޅު މުސްލިމަކަށްވުމަށް އަހަންނަށް މާތް ﷲ ދެއްވި ފުރުސަތަކަށް ވުމުންނެވެ."

އަލީ ބަނަތުގެ ވާހަކަ އޭނާ ކިޔާދިނެވެ.

"އަހަންނަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނު އިރުވެސް، އަހަރެން ހުރީ އެބަލީގެ ސްޓޭޖް 4 ގައެވެ. އަދި ދިރިއުޅެން ޑޮކްޓަރުން އަހަންނަށް ދީފައިވަނީ އެންމެ ހަތް މަހުގެ މުއްދަތެކެވެ.

ކެންސަރުގެ ޚަބަރު ލިބުމާއިއެކު އަހަރެން ކުރަމުން އައި ކާމިޔާބު ވިޔަފާރިވެސް އެހެން މީހަކަށް ވިއްކާލީމެވެ. އަދި އަހަރެން އުޅެމުން އައި ޝާހީ ގޮތްގަނޑު ވެސް ބަދަލު ކޮށްލީމެވެ.

އަހަންނަކީ ކުރިން ވަރަށް ޝާހީ އަދި ފެންވަރު މަތީ ދިރިއުޅުމެއްގައި އުޅުނު މީހަކީމެވެ. ބައިވަރު ކާރާއި އަތިކުރި ގަޑިއާއި، އަވި އައިނާއި، އަންނައުނުގެ އިތުރުން ގެތައް ވެސް ހުއްޓެވެ. ތަނަވަސްކަން އިންތިހާއަށް ލިބިފައި ހުރިކަމުގައި ވިޔަސް އޭގެން އެއްވެސް އެއްޗެއް އެއްވެސް މީހަކަށް ކުރިއަކުން އަހަރެން ނުދެމެވެ.

ނަމަވެސް އަހަރެންގެ ބަލި ހާލަތު އެނގުމާއިއެކު އަހަރެން އެންމެ ފުރަތަމަ ވެސް ބޭނުންވީ، އެހުރިހާ މުދަލެއް އެކިއެކި މީސްމީހުންނަށްދީ ހުސްކޮށްލާށެވެ. މިދުނިޔެމަތީގެ އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނުވިއެވެ.

މިހާރު އަހަރެން އަގުބޮޑު ބޫޓާއި ކާރާއި އޭގެން އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. މީހަކު ތިމާމީހާ ގާތު، ދިރިއުޅެވެން ދެން މާގިނަ ދުވަހެއް ނެތޭ ބުނުމުން، ދުނިޔެވީ މުދަލުގެ ފަހަތުން ދުވާނީ މޮޔައެކެވެ.

މިފަދަ ބައްޔެއް ޖެހުމުން އަހަންނަށް އެނގުނު އެންމެ ބޮޑު އެއްޗަކީ، މުދަލާއި ތަނަވަސްކަމަކީ ހަގީގަތުގައި ދިރިއުޅުމަށް އެހާ ބޭނުން އެއްޗެއް ނޫން ކަމެވެ. މިމުދާތައް ހިފައިގެން ދުނިޔެއިން ނިމި ދިޔުމަށްވުރެ، ނިކަމައްޗަކަށް އެހީތެރިވެދީގެން އެމީހެއްގެ ހިނިތުންވުމާއިއެކު ނިމިގެން ދިޔުން އަހަރެން މާއެދެމެވެ.

ކުރިން އަހަންނަކީ ދީނީ އަޅުކަމަށް ވެސް ފަރުވާތެރިވި މީހެއް ނޫނެވެ. ނަމަވެސް ކެންސަރު ބަލި ޖެހުމުން، އަހަރެން އެންމެ ފުރަތަމަ ގަތް ބިރެއްގެ ސަބަބުން ވެސް އަޅުކަން ކުރަން ފެށުނެވެ. ނަމަވެސް ފަހަކަށް އައިސް، ނަމާދު ކުރުމާއި ދީނީ ކަންކަމަށް ބޯލަނބާ އަޅުކަން ކުރުން އަހަރެންގެ އާދައަކަށް ވިއެވެ. އަދި ހިތުގައި އެއިރު އުފެދުނު ބިރު ވެސް ފަހަނަ އަޅާ ގޮސްފިއެވެ."

އަލީ ބަނަތު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންނަށް އެހީތެރިވުމަށް ފޭސްބުކް ޕޭޖެއް ވެސް ހަދާފައެވެ. އޭނާގެ ފޭސްބުކް ޕޭޖަށް ކިޔަނީ "އެމްއޭޓީޑަބްލިއު ޕްރޮޖެކްޓް" (މުސްލިމްސް އަރައުންޑް ދަ ވޯލްޑް ޕްރޮޖެކްޓް) އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ