އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޗިކިންގ"ގެ އައުޓްލެޓެއް ރަސްފަންނުގައި ހުޅުވައިފި

"ޗިކިންގ"ގެ އައުޓްލެޓެއް ރަސްފަންނުގައި ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ދުނިޔޭގެ ކަންކޮޅުތަކުގައި 143 އައުޓްލެޓް ހިންގާ ޔޫއޭއީގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޗިކިންގ"ގެ އައުޓް ލެޓެއް ރަސްފަންނު ޕެވިލިއަންގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މަހާރެހެންދި ފާޠިމަތު އިބްރާހީމް އާއި ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިޔޫއެސްސީގެ ސީއީއޯ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ރާއްޖެއަކީ ކުޑަ އަދި އާބާދީ މަދު ޤައުމެއް ނަމަވެސް އެހެން ޤައުމުތަކުގައި ވެސް ލިބެން ހުންނަ ޚިދުމަތްތައް ރާއްޖޭގައި ވެސް ލިބެން ހުރުމަކީ ރައީސް ޢަބްދުﷲ ޔާމީން ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

ބައިނަލްއަޤްވާމީ ގިނަ ބްރޭންޑްތަކެއް މިހާރުވެސް ރާއްޖޭގައި ހަރަކާތެރިވަމުން އަންނަކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ ރަސްފަންނު ޕެވިލިއަންގައި އަދިވެސް އިތުރު ބައިނަލްއަޤްވާމީ ބްރޭންޑްތައް ހުޅުވައި ޚިދުމަތް ދޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް