އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަރާމް ކަންކަން ނުކޮށް އުފަލެއް ނެތްކަމަށް ޤަބޫލުކުރެވޭނަމަ އެއީ ސިކުނޑީގައި ހުރި އުނިކަމެއް - އަންގައިދެނީ ޝައިޠާނާ ބާރުގަދަކޮށްފައިވާ މިންވަރު!

ޙަރާމް ކަންކަން ނުކޮށް އުފަލެއް ނެތްކަމަށް ޤަބޫލުކުރެވޭނަމަ އެއީ ސިކުނޑީގައި ހުރި އުނިކަމެއް - އަންގައިދެނީ ޝައިޠާނާ ބާރުގަދަކޮށްފައިވާ މިންވަރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

މާތްﷲ ހަރާމް ކުރައްވަވާފައިވާ ކަންކަން ނުކޮށް އެއްވެސް އުފަލެއް ނެތްކަމަށް ޤަބޫލުކުރާ ބައަކު އެބައުޅެއެވެ. ބައެއް މީހުން ބުނާނީ މަސްތުވާތަކެއްޗާއި ނުލައި ދުނިޔޭގައި އެއްވެސް އުފަލެއް ނެތް ކަމަށެވެ. އަނެއް ބައަކު ބުނާނީ ހިލޭ އަންހެނުންނާއި ފާހިޝް އަމަލުތަކާއި ނުލައި އެއްވެސް އުފަލެއް ދުނިޔޭގައި ނެތް ކަމަށެވެ. މިހެންގޮސް އެކި މީހުން ބުނާނީ އެކި ކަންކަމުގެ ވާހަކައެވެ.

ނަމަވެސް މިވާގޮތާއިމެދު ރަނގަޅަށް ވިސްނައިލާށެވެ. ސިއްރު ފުލުހުން މީހުންނަށް ފާރަލާ އުޞޫލުން ޝައިޠާނުންތައް ތިބެނީ މީސްތަކުންނަށް ފާރަ ލައިގެންނެވެ. މީހާގެ ބަލިފައި ދަސްކުރުމަށެވެ. ބަލިފައި ދަސްކުރުމަށްފަހު ފުރުޞަތުގެ ބޭނުން ހިފަނީއެވެ.

ރަނގަޅަށް ވިސްނާށެވެ. ޙަރާމް ކަންކަން ނުކޮށް އުފަލެއް ނެތްކަމަށް ޤަބޫލުކުރެވޭނަމަ އެއީ ސިކުނޑީގައި ހުރި އުނިކަމެކެވެ. އެކަމުން އަންގައިދެނީ ޙައްޤު ޤަބޫލުކުރުމުގެ ޤާބިލުކަން އެމީހެއްގެ ކިބައިގައި ނެތްކަމެވެ. ޙައްޤު ޤަބޫލުކުރުމުގެ ހިއްވަރު ވެސް އެމީހެއްގެ ކިބައިގައި ނެތް ކަމެވެ.

ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ނުކޮށް އެއްވެސް އުފަލެއް ނެތްކަމަށް ޤަބޫލުކުރާނަމަ އެކަމުން އަންގައިދެނީ އެމީހާގެ މައްޗަށް ޝައިޠާނާ ބާރުގަދަކޮށްފައިވާ މިންވަަރެވެ. އަހަރެންނަށް ފެންނައިރު އަމަލުތައް ކުރަނީ އެމީހަކު ނަމަވެސް ހަޤީޤަތުގައި އެމީހަކު ލައްވައި ހުރިހާ ކަންކަމެއް ކުރަވަމުން އެގެންދަނީ ޝައިޠާނާ ކަމެވެ.

އެހެންކަމަށްވާއިރު މިކަންކަން އެނގިތިބެމެ ޝައިޠާނާގެ އަޅުންނަށް ވުމަކީ ކޮންފަދަ ބޮޑު ދެރަ ނިކަމެތިކަމެއްހެއްޔެވެ؟ ބުއްދީގެ ބޭނުން ހިފާށެވެ. ޝައިޠާނާ ދޭ ވަސްވާސްތަކުން ސަލާމަތްވާށެވެ. އެކަމުގެ ޤާބިލުކަން އަމިއްލަ ނަފުސުގައި ނެތްނަމަ ދީނީ ޢިލްމުވެރިންގެ ލަފާ ހޯދައިގެން ނަމަވެސް ވީހައި އަވަސް ގޮތަކުން ޝައިޠާނާގެ ކިބައިން ސަލާމަތްވާށެވެ!

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް