އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިންދެކެ ލޯބިވެވޭ މިންވަރު ބެލުމުން ލިބުނު ހައިރާންކުރަނިވި ނަތީޖާ - އެންމެންނަށް ބޮޑު ސިހުމެއް!

އަނބިންދެކެ ލޯބިވެވޭ މިންވަރު ބެލުމުން ލިބުނު ހައިރާންކުރަނިވި ނަތީޖާ - އެންމެންނަށް ބޮޑު ސިހުމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގައި ދެމެހެއްޓުމަށްޓައި އެންމެ މުހިންމު އެއްކަމަކީ އަނބިންދެކެ ފިރިންނަށް ލޯބިވެވޭ މިންވަރުކަމަށް ބަލައި އެކަން ކުރެވޭ މިންވަރު ބެލުމަށް ދާދިފަހުން ނައިޖީރިއާގައި ވަނީ މަހާސިންތާއެއް ބާއްވައިފައެވެ.

މަހާ ސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ހުށަހެޅުނު ފުރަތަމަ ސުވާލަކީ ކަލޭމެން ކަލޭމެންގެ އަނބިން ދެކެ ލޯބިވަމުތޯއެވެ؟ ޖަވާބުގައި އެންމެންވެސް ބުނީ އަނބިން ދެކެ ލޯބިވާ ކަމަށެވެ.

ދެން ކުރެވުނު ސުވާލަކީ އަނބިންގާތު އެމީހުން ދެކެ ލޯބިވާ ކަމަށް އެންމެ ފަހުން ބުނީ ކޮން ދުވަހަކުތޯއެވެ؟ ވަރަށް މަދު މީހަކު ބުނީ އެދުވަހުވެސް ބުނިން ކަމަށެވެ. ގިނަ މީހުން ބުނީ އެހެން ބުނި ދުވަސް ހަނދާން ނެތް ކަމަށެވެ.

އެޖަވާބު ލިބުމުން ބުނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަނބިމީހާ ދެކެ ލޯބިވާ ކަމަށް ބުނެ ފޯނުން މެސެޖެއް ކުރުމަށެވެ. މެސެޖު ފޮނުވުމުން ބުނީ ފޯނުތައް ބަދަލުކޮށް މެސެޖަށް ލިބިފައިވާ ޖަވާބު ކިޔައި ދިނުމަށެވެ.

މެސެޖަށް ލިބިފައިވާ ބައެއް ޖަވާބު:

1- ތިއީ މާކުރިން ކިޔައި އުޅުނު އެއްޗެއް. މިހާރަކު ނޫން.

2- އަނެއްކާވެސް އެހެން އަންހެނަކު ދެކެ ލޯބިވީތަ؟
3- އަނެއްކާވެސް ފައިސާކޮޅެއް ދަރަންޏަށް ބޭނުންވީތަ؟
4- އަނެއްކާ ކީއްކޮށްގެން ތިއުޅެނީ؟ މިފަހަރަކު މާފެއް ނުކުރާނަން.
5- މާނައަކީ ކޮބާ؟ އަނެއްކާ ހުވަފެނެއް ފެނުނީތަ؟ ތިއައީ ލަވައެއްތަ؟ މިއީ އަވާމެންދުރެއްތަ؟
6- މިއީ ކާކަށް ފޮނުވި މެސެޖެއްކަން ނުބުނެފިނަމަ މިއަދު ކަލޭ މަރުވާނެ.
7- ބަނގުރާ ނުބޯށޭ ކިތަށް ފަހަރު ބުނެފިންތަ؟
8- މިއީ ކޮން އިރަކު ވާންފެށިކަމެއްތަ؟
9- ނުބައި މީހަކަށޭ ތި މެސެޖު ކުރެވުނީ. ކާކަށް ކަމަށްތަ ތިއަ މެސެޖުކުރަނީ؟
10- ތިއަފަދަ ފުލޯކު ވާހަކައަށް ޖަވާބުދޭ މޫޑެއްގައެއް ނޫން މިހިރީއަކީ.

ޖަވާބުތައް އަޑުއެހުމަށްފަހު ޖެހުނީ އެޖެންޑާ މުޅިން ބަދަލުކުރާށެވެ. އަނބިންނާއި ނުލައި ބައްދަލުވުން ކުރިއަށް ގެންގޮސްގެން އެއްވެސް ނަތީޖާއެއް ނުނުކުންނާނެ ކަމަށް ބަލައި ނިންމީ މަހާސިންތާ ފަހުގެ ތާރީޚެއްގައި ކުރިއަށް ގެންދިއުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް