އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައްވަޅުގެ އަޛާބު ލިބޭ ސަބަބުތައް

ކައްވަޅުގެ އަޛާބު ލިބޭ ސަބަބުތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ކޮންމެ އިންސާނަކު ވެސް މަރުވުމަށްފަހު އެންމެ ފުރަތަމަ ކަޑައްތު ކުރަންޖެހޭ މަރުހަލާއަކީ ކައްވަޅުގެ އަޛާބެވެ.

މަރަކީ ދިރޭ ކޮންމެ އެއްޗަކަށްވެސް ތަޙައްމަލު ކުރަން ޖެހޭ އެއްޗަކަށްވީހިނދު، ކައްވަޅުގެ އަނދިރިކަމުން ސަލާމަތްވެވޭނެ އެއްވެސް އިންސާނަކު ނުވާނުކަން ވެސް ކަށަވަރެވެ.

ތިމާއަކީ މިދުނިޔެމަތީގައި ކިތަންމެ ފޯރާ މީހަކަށްވުމުން، ތިމާގެ ސަންދޯއް ފެންވަރު ރަނގަޅު ގޮތަކަށް ހަދަން ވަސިއްޔަތްކޮށް އެފަދައިން ހެދިނަމަވެސް އަދި އޭގެ އިތުރުން ސަންދޯކު އެތެރޭގައި ކިތަންމެ އަލިގަދަ ބޮތްކެއް ލީނަމަވެސް، ކައްވަޅުގެ އަނދިރިކަން ތިމާ ތަޙައްމަލު ކުރާނެއެވެ.

ކައްވަޅުގެ އަޛާބު ލިބެން މެދުވެރިވާ ސަބަބުތަކާމެދު އިބްނުލް ގައްޔިމް ރަޙިމަﷲ ވިދާޅުވެފައިވެއެވެ.

"މާތް ﷲ މަޣްރިފާކޮށް ދެނެނުގަނެވުމުގެ ސަބަބުންނާއި ﷲ ގެ އަމުރުފުޅުތައް ނަގާލުމުންނާއި އަދި މާތް ﷲ ނަޙީ ކުރެއްވި ފާފަތަކަށް އަރައިގަތުމުން ކައްވަޅުގެ އަޛާބު ލިބިއެވެ."

އެގޮތުން ކައްވަޅުގައި އަޛާބު ލިބޭ ސަބަބުތަކަކީ

• ދެބައޮޑުވުމާއި ޣީބަ ބުނުން
• ވުޟޫ ނުކޮށް ހުރެ ނަމާދު ކުރުން
• ޒިނޭ ކުރުން
• ޒަކާތް ނުދިނުން
• ދޮގު ބުނުން
• ރިބާ ކެއުން
• ނަމާދު ނުކުރުން
• ވައްކަން ކުރުން
• ރާ ބުއިން
• އަނިޔާ ލިބޭ މީހާއަށް ނަސްރު ނުދިނުން
• ހިޔާނާތްތެރިވުން
• ކުޑަކަމުދާ އެއްޗެހިން ސަލާމަތް ނުވެވުން
• މީސްތަކުންގެ މެދުގައި ފިޠުނަ އުފެއްދުން
• ބޮޑާކަމާއި އެކުގައި ފައިކުރި ތިރިކޮށްފައި ބެހެއްޓުން
• ޙައްޤަކާއި ނުލާ މީހުން މެރުން
• ބިދުޢާ ވެރިއެއްގެ ގޮތުގައި މަރުވުން
• ސަޙާބީންނަށް ބަދުބަސް ބުނުން

ކައްވަޅުގެ އަޛާބާއިމެދު މާތް ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"ހަމަކަށަވަރުން ކައްވަޅުގެ ޢަޛާބު ލިބެނީ ހަމައެކަނި ވަޅުލެވިފައިވާ މައްޔިތުންނަށް އެކަންޏެއްނޫނެވެ. ކޮންމެ ތާކު ކޮންމެ ހާލަތެއްގައި މައްޔިތާގެ ހަށިގަނޑު އޮތް ކަމުގައިވީ ނަމަވެސް އޭނާއާއި ސުވާލު ކުރެވޭނެއެވެ. ސުވާލު ކުރެވޭނީ ރޫޙާ އެވެ. މައްޔިތާގެ ހަށިގަނޑު ކޮންމެ ތަނަކަށް އެއްލައިލި ނަމަވެސް އޭނާގެ ރޫޙު ހުންނާނީ ސަލާމަތުންނެވެ. އެހެންކަމުން ރޫޙާއި ސުވާލުވެވި ރަގަޅަށް އުޅެފައިވާނަމަ ނިޢްމަތް ދެއްވަވާ، ގޯސްކޮށް އުޅެފައިވާނަމަ ޢަޛާބު ދެއްވާނެއެވެ." (ސަޙީޙް ބުޚާރީ)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ