އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރެއާ ބަލިކޮށް މެކްސިކޯއިން ޖަރުމަން ހާސްކަމުގެ ތެރެއަށް ވައްޓާލައިފި

ކޮރެއާ ބަލިކޮށް މެކްސިކޯއިން ޖަރުމަން ހާސްކަމުގެ ތެރެއަށް ވައްޓާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ފިފާ ވަރލްޑް ކަޕްގެ ގްރޫޕް އެފްގައި މެކްސިކޯ އާއި ސައުތް ކޮރެއާ ބައްދަލުކުރި މެޗު މެކްސިކޯއިން ކާމިޔާބުކުރުމުން ޖަރުމަން ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

މިރޭގެ މެޗު 2 ލަނޑު 1 ލަނޑުން މެކްސިކޯ ކާމިޔާބުކުރި އިރު، ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. 26 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވެލާ އެވެ.

ފުރަތަމަ ހާފު މި ނަތީޖާގައި ނިމުނު އިރު، ގިނަވަގުތު ބޯޅަ ހިފަހައްޓާ މެޗު ޑޮމިނޭޓް ކުރީ މެކްސިކޯއިންނެވެ.

ފަހުހާފުގައިވެސް މެޗު ޑޮމިނޭޓް ކުރީ މެކްސިކޯއިންނެވެ. އަދި ނަތީޖާ ބަދަލުކޮށް ދެވަނަ ލަނޑު ޖެހިއެވެ. 66 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ހެނަންޑެޒްއެވެ.

ގިނަ ފައުލުތަކެއް ސައުތު ކޮރެއާގެ ފަަރާތުން ފެނުނު މި މެޗުގައި އެޓީމަށްވެސް ވަނީ ލަނޑުޖަހަން ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެހެންނަމަަވެސް ސައުތު ކޮރެއާއިންވަނީ ލަނޑެއް ޖަހާ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. މި ލަނޑު 93 ވަނަ މިނެޓުގައި ޖަހައިދިނީ ހޮންގ ސޮންއެވެ. ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާ މެކްސިކޯގެ ކީޕަރުގެ އަތުގައިވެސް ނުޖެހި ގޮސްވަނީ ގޯލުގެ މަތީކަނަށެވެ.

މި މެޗުން މެކްސިކޯ މޮޅުވުމުން އެޓީމަށް ވަނީ 6 ޕޮއިންޓު ލިބި ތާވަލުގެ އެއްވަނަ ލިބިފައެވެ. އަދި ސްވިޑްންއަށް 3 ޕޮއިންޓު ލިބިފައިވާ އިރު، މިރޭ 11 ޖަހާއިރު ޖަރުމަނާއި ކުޅޭ މެޗަކީ ޖަރުމަނަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ސްވިޑްންއަށް ޑްރޯއަކުން ހިތްހަމަޖައްސާލެވުނަސް ޖަރުމަނަށް ހަމަނޭވާއެއްލާން ވިސްނާލެވެން އޮތީވެސް މި މެޗުން މޮޅުވެގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް