އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައުންޑް އޮފް ސިކްސްޓީންގެ މެޗުތައް މި މަހުގެ 30 ވަނަ ދުވަހު ފަށަނީ..

ރައުންޑް އޮފް ސިކްސްޓީންގެ މެޗުތައް މި މަހުގެ 30 ވަނަ ދުވަހު ފަށަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ރަޝިއާގެ މޮސްކޯގައި މިހާރު ކުރިއަށްދާ ވަރލްޑް ކަޕްގެ ރައުންޑް އޮފް ސިކްސްޓީން ނުވަތަ ގަދަ 16 ޓީމުގެ މެދުގައި ކުޅޭ މެޗުތައް މި ޖޫން މަހުގެ 30 އާދީއްތަ ދުވަހު ފަށާނެއެވެ.

އެދުވަހު އިރުއޮއްސި 7 ޖަހާ އިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ 7 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގެ ގޮތުގައި ގަދަ 16އަށް ދިޔަ ފްރާންސް އާއި 4 ޕޮއިންޓާއެކު ގްރޫޕް ޑީގެ ދެވަނަ ހޯދި އާޖެންޓީނާ އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ 9 ޕޮއިންޓާއެކު ހޯދި އުރުގުއޭ އާއި 5 ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ ހޯދި ޕޯޗުގަލް އެވެ. މި މެޗު ފަށާނީ 11 ޖަހާއިރުއެވެ.

މީގެ އިތުރުން ޖުލައި 1 ވާ ހޯމަ ދުވަހުވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ގްރޫޕް ބީގެ އެއްވަނަ ސްޕެއިން އާއި ގްރޫޕް އޭގެ ދެވަނަ ރަޝިއާ ބައްދަލުކުރާ މެޗު 7 ޖަހާއިރު ފަށާނެއެވެ. އަދި ގްރޫޕް ޑީގެ އެއްވަނަ ކްރޮއޭޝިއާ އާއި ގްރޫޕް ސީގެ ދެވަނަ ޑެންމާކު ބައްދަލުކުރާ މެޗު 11 ޖަހާ އިރު ފަށާނެއެވެ.

މި ދެ މެޗުން މޮޅުވާ ޓީމުތައް ކްއާޓަރ ފައިނަލަށް ދަތުރުކުރާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ