އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރުސް: ފާފަތަކަށް އަރައިގަތުމަށްފަހު މިންވަރުފުޅު ކަމަށް ބުނުމުން އެވެވެނީ ކުފުރު - އަޒާބު ވާނީ އިތުރު!

ދަރުސް: ފާފަތަކަށް އަރައިގަތުމަށްފަހު މިންވަރުފުޅު ކަމަށް ބުނުމުން އެވެވެނީ ކުފުރު - އަޒާބު ވާނީ އިތުރު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ބައެއް މީހުން ފާފަތަކަށް އަރައިގަތުމަށްފަހު އެކަމުން ރެކެން ތަފާތު ބަހަނާތައް ދައްކައެވެ. އެގޮތުން ދައްކާ ބަހަނާތަކުގެ ތެރޭގައި ފާފަ ކުރެވުނީ މާތް ﷲ މިންވަރުފުޅު ކުރައްވަވާފައިވާތީ ކަމަށް ވެސް އެބަ ބުނެއެވެ. އެގޮތަށް ބުނެފިނަމަ އެވެވެނީ ކުފުރެވެ. އެކަމަށް އިތުރު އަޒާބު ލިބޭނެއެވެ!

އާނއެކެވެ. ދުނިޔޭގައި އެންމެން ކުރާނެ ހުރިހާ ކަންކަމެއް ﷲ ތަޢާލާ ވަނީ މާކުރިން ލިޔުއްވަވައި ނިންމަވައިފައެވެ. ނަމަވެސް ތިބާ އާއިމެދު ލިޔުއްވަވާފައިވާ އެއްވެސް ކަމެއް ތިބާއަކަށް ވެސް އަދި އެހެން މީހަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

ތިބާ ކުރާނެ ކަންތައްތައް ކުރިއަށް ލިޔުއްވަވާފައިވަނީ ﷲ ތަޢާލާއަށް ލިބިވޮޑިގެންވާ ޢިލްމުފުޅުގެ މަތިވެރިކަން ބޮޑުކަމުންނެވެ. ޣައިބުގައި ހިނގާނެ ހުރިހާ ކަމެއް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީއެވެ. ވީމާ ތިބާ ފާފަތައް ކުރުމަށްފަހު އެކަންކުރީ ﷲ ތަޢާލާގެ އިލްމުފުޅުގެ މަތިވެރިކަމުން ކަމަށް ބުނެވޭނީ ކޮން ހައިޞިއްޔަތަކުން ހެއްޔެވެ؟

ﷲ ތަޢާލާ ތިބާއަށް ބުއްދީގެ މަތިވެރި ނިޢުމަތް ނުދެއްވަވާ ހެއްޔެވެ؟ ވިސްނައި ފިކުރުކުރުމުގެ ބާރު ދެއްވަވާފައި ނުވޭހެއްޔެވެ؟ ނުކުރަންވީ ކަންކަން ބަޔާންކޮށްދެއްވަވާފައި ނުވޭހެއްޔެވެ؟ ވީއިރު ތިބާ ކުރާ ކޮންމެ ކަމެއް ކުރަނީ އަމިއްލައަށް ނޫންހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤިޔާމަތް ދުވަހު މީހަކު ނަރަކައަށް ލައްވަވާނީވެސް އަދި ސުވަރުގެ ވައްދަވައިދެއްވަވާނީވެސް އެމީހާގެ އަމަލުތައް އެމީހަކަށް ބަޔާންކޮށް ދެއްވެވުމަށްފަހުއެވެ. ނަރަކަ ނުވަތަ ސުވަރުގެ އެމީހަކަށް ޙައްޤުވެއްޖެކަން އެމީހަކު ޤަބޫލުކުރާ ހާލުގައެވެ. އެއްވެސް މީހަކާއިމެދު ﷲ ތަޢާލާ ބޭއިންސާފުން ޒައްރެއްގެ މިންވަރުގެ ނަމަވެސް އެއްވެސް ކަމެއް ނުކުރައްވަވާނެއެވެ.

އެހެންކަމުން ތިބާއަށް ނަރަކައަށް ދާންޖެހޭނީވެސް އަދި ސުވަރުގެ ވަދެވޭނީވެސް ހަމަ ތިބާ ކުޅަ އަމަލުތަކެއްގެ ސަބަބުންނެވެ. ވީމާ ތިބާ އުފުލަންޖެހޭ އެއްވެސް ޒިންމާއެއް އުފުލަންޖެހޭނެ އެހެން އެއްވެސް ފަރާތެއް ނުހުންނާނެއެވެ.

އާޚިރަތް އެދޭނަމަ ފާފަ ނުކުރާށެވެ! އަދި ފާފަ ކުރުމަށްފަހު ކުފުރުވެ އިތުރު އަޒާބު ލިބިގަންނަ މީހަކަށް ނުވާށެވެ. ފާފައެއް ކުރެވިއްޖެނަަމަ އަވަހަށް ތައުބާވާށެވެ!

- ލަވް އިސްލާމްގެ ދަރުސަކުން ‍-

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް