އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ފެނުނު އެންމެ ބޮޑު ޕްރޮފެސަރު އިބްރާހީމް ނާޞިރް އަތްޕުޅުގަ އޮތީ ކޮން ފާހެއް؟

ރާއްޖެއިން ފެނުނު އެންމެ ބޮޑު ޕްރޮފެސަރު އިބްރާހީމް ނާޞިރް އަތްޕުޅުގަ އޮތީ ކޮން ފާހެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނުފައިވާ އެންމެ ބޮޑު ޕްރޮފެސަރަކީ ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ރައީސް ވެލާނާގޭ އިބްރާހީމް ނާޞިރެވެ. ދިވެހި ޤައުމު މިއަދު މިދެކޭ ހުރިހާ ކުރިއެރުންތަކެއްގެ މޭސްތިރިއަކީ އެމަނިކުފާނެވެ. ޤައުމަށް ލިބިފައިވާ މިނިވަންކަމުގެ ބާނީއަކީ ވެސް ހަމަ އެމަނިކުފާނެވެ.

ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ ނަން ރަން އަކުރުން ފަވާލަދެއްވީވެސް އެމަނިކުފާނެވެ. އދ ގައި ރާއްޖޭގެ ދިދަ އުފުއްލަވައިލަ ދެއްވީވެސް އެމަނިކުފާނެވެ. އިންޑިއާ ވިޔަފާރިވެރިން ޤައުމުން ބޭރުކުރައްވައި ދިވެހިންގެ އިޤްޠިޞާދު ދިވެހިންގެ އަތްމައްޗަށް ގެނެސް ދެއްވީވެސް އެމަނިކުފާނެވެ.

މާލޭގެ ގޭގޭގައި ބޮތްކެއް ދިއްވައިލަ ދެއްވީވެސް އެމަނިކުފާނެވެ. ޓެލެފޯނުން ދުނިޔެއާއި ގުޅާލަދެއްވީވެސް އެމަނިކުފާނެވެ. ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް ފެށްޓެވީވެސް އެމަނިކުފާނެވެ. އެއާޕޯޓް ތަރައްޤީކުރައްވައި ފްލައިޓް ޖެއްސޭނެ ގޮތް ހެއްދެވީވެސް އެނިކުފާނެވެ. ޓޫރިޒަމް ތަޢާރަފްކުރައްވައި ސިނާއަތުގެ ބިންގާ އެޅުއްވީވެސް އެމަނިކުފާނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭންކެއް ހުޅުއްވެވީވެސް ހަމަ އެމަނިކުފާނެވެ.

ހުދުކާފޫރަށް ވީހެންވެ މިއަދު ހުލިވެ ހުސްވެފައި އޮތް ނަމަވެސް ބުނެވޭގޮތުން އިބްރާހީމް ނާޞިރުގެ ވެރިކަން ނިންމަވައިލެއްވިއިރު އެކި ގޮތް ގޮތުން ރާއްޖެ ހިއްސާވާ ބޯޓުފަހަރާއި ރާއްޖޭގެ އަމިއްލަ ބޯޓުފަހަރު ހިމެނޭ ގޮތުން 101 ބޯޓުގެ ބޮޑު ފްލީޓެއް ރާއްޖޭގެ ޤައުމީ ޝިޕިންގ ކުންފުނީގެ ފްލީޓުގައި އޮތެވެ.

21 އަހަރުގެ ވެރިކަން ނިންމަވާލެއްވިއިރު މުޅި ޤައުމުގެ ދަރަނީގައި އޮތީ ޖެނެރޭޓަރެއްގެ ބާކީ އޮތް އެންމެ ތިން ލައްކަ ރުފިޔާ ކަމަށް ހެއްދެވި އިޤްޠިޞާދީ ލީޑަރަކީވެސް ހަމަ އިބްރާހީމް ނާޞިރެވެ.

އެމަނިކުފާނުގެ ޚިދުމަތުގެ ލިސްޓަކީ ލިޔެ ހުސްކުރަން ފަސޭހަ ލިސްޓެއް ނޫނެވެ. ސުވާލަކީ އަތްޕުޅުގައި އޮތީ ކޮންފާހެއްތޯއެވެ؟ ސްރީލަންކާއިން ކިޔަވާ ވިދާޅުވެގެން ރާއްޖެވަޑައިގެން މާލޭގެ މަގުތަކުގައި ކަރަންޓް ލޭނު ދަންމަވަން އުޅުއްވިކަމަށް ބުނެވެއެވެ.

ރާއްޖެ ދެކެފައިވާ "އަމީނުލްމަހަލްދީބް" ނުވަތަ ދިވެހި ޖުމްހޫރިއްޔާގެ އެންމެ ބޮޑު އަމާނާތްތެރިޔާ، ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ ޢިލްމީ ޑޮކްޓަރެއްތޯއެވެ؟ މިއަދު ރާއްޖޭގައި ތިބި އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ އަތުގައި އޮތީ ޢިލްމީ ކޮން ފާހެއްތޯއެވެ؟ ހަމަ އެއާއިއެކު އިސްލާމް ދީން ދޫކޮށް މުރުތައްދުވެގެން ތިބީ ކިތައް އިލްމީ ޑޮކްޓަރުންނާއި ޕްރޮފެސަރުން ކަމާއިމެދުވެސް ސުވާލު އުފެދެއެވެ.

މިހުރިހާ ކަމަކުން ވެސް އެނގެނީ ޤައުމަށް ބޭނުންވަނީ ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙް ހުރި ހީވާގި، މުރާލި އިޚްލާޞްތެރިންކަމެވެ. އިސްލާމް ދީނުގެ އަސާސްތައް ހިފަހައްޓައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ނުކުރާނެ ﷲ ތަޢާލާއަށް ވަފާތެރިން ކަމެވެ. ރައްޔިތުންނަށް އިޚްލާޞްތެރި، ރައްޔިތުންގެ ކުރިމަތީގައި ހިނިތުންވާން ދަންނަ ހިނިތުންވާ ހިތްހެޔޮ މިތުރުން ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް