އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެއްލިގެން ދިޔައީ ކުޅަދާނަ ވޮލީ ކުޅުންތެރިއެއް، ހިތްވަރުގަދަ މަސައްކަތްތެރިއެއް

ގެއްލިގެން ދިޔައީ ކުޅަދާނަ ވޮލީ ކުޅުންތެރިއެއް، ހިތްވަރުގަދަ މަސައްކަތްތެރިއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ނާހިދާ ޙަސަން ދީދީ އޭ ބުނުމުން މެދުރާއްޖެ ތެރޭގެ ބައެއް މީހުންނަށް އޭނާއަކީ ކާކުކަން ނޭނގުން ކަމުގައި ވިޔަސް އެނަމަކީ ހަމަ ޔަގީނުން ވެސް ގއ. އަތޮޅުގެ މީހުންނަށް އައު ނަމަކަަށް ނުވާނެއެވެ.



މުޅި ގއ. އަތޮޅަށް މަޝްހޫރު އެއަތޮޅު ކޮނޑޭ/ އުޖާލާގޭ ނާހިދާ (40އ.)، އިއްޔެ މެންދުރުފަހު 15:15 ހާއިރު ދެމިއޮތުމުގެ އާލަމަށް ދަތުރު ކޮށްފައިވާއިރު، އޭނާއަކީ ގިނަ ބައެއްގެ ލޯތްބާއި އިޚްތިރާމާއި ގަދަރު ލިބިފައިވާ ކުޅަދާނަ ކަނބަލެކެވެ.

ނާހިދާ އެއަތޮޅަށް އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ ކުޅަދާނަ ވޮލީބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ހާސިލު ކުރި ވަނަ ތަކުގެ ތެރޭގައި 2014 ވަނަ އަހަރު ބޭއްވުނު "އެސްޓީއޯ ނޫފަހި" ވޮލީ މުބާރާތުގެ ވިމެންސް ޑިވިޝަނުން އެންމެ މޮޅު ސާވަރ ކަމުގެ އެވޯޑާއިކުއީން އޮފް ދަ މެޗް ހިމެނެއެވެ.



މީގެއިތުރުންކޮނޑޭގެ ތަރައްޤީއަށް ވެސް ނާހިދާވަނީ އަގުހުރި ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައެވެ. އެގޮތުން އެރަށުގެ އަންހެނުންގެ ޖަމިއްޔާ ހިންގުމާއި ޒުވާނުންގެ ކުޅިވަރު ދާއިރާގެ މަސައްކަތްތައް ނާހިދާ ކޮށްދިނެވެ.

އިތުބާރުހުރި ފަރާތަކުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނެފައިވަނީ ނާހިދާ ނިޔާވީ އިއްޔެ މެންދުރުފަހު 14:00 ގައި ކުއްލިއަކަށް ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުން ކަމަށެވެ. މާލޭގައި އޭނާ ދިރިއުޅެމުން ދިޔަ ހ. ވިނޯލިޔާ އިން އޭޑީކޭ ހޮސްޕިޓަލަށް ނާހިދާ ގެންދެވުނުއިރުވެސް އޭނާގެ ހިތް ހުއްޓިފައިވާ ކަމަށާއި ނިޔާވީ މެންދުރުފަހު 15:15 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.



ނާހިދާ އަކީ ވޮލީކުޅުމާއި އިޖުތިމާއީ މަސައްކަތް ކުރުމުގައި ހިންގުންތެރިއެއްގެ އިތުރުން ވަރަށް މޮޅަށް ކޭކު ވެސް އަޅާއުޅުނު ކުޅަދާނަ ކަނބަލެކެވެ. އޭނާގެ ދޮށީ އަންހެން ދަރިފުޅު ވެސް އޭނާ ފަދައިން މޮޅަށް ކޭކު އަޅާ މީހަކަށްވުމީ ނާހިދާ ދެކެމުން ދިޔަ ހުވަފެނެއް ކަމަށް، ދުނިޔޭގައި ހުރިއިރު އޭނާ ބުނެފައިވެއެވެ.

ނާހިދާގެ ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެގޮތުން އެންމެ ދޮއްޓަށް ހުންނަ ފިރިހެން ކުއްޖާގެ އުމުރަކީ މިހާރު 17 އަހަރެވެ. މެދަށް ހުންނަ އަންހެން ކުއްޖާއަށް 12 އަހަރު ފުރިފައިވާއިރު އެންމެ ހަގު އަންހެން ކުއްޖާއަށް އަދިވީ އެންމެ އަހަރަކާއި ތިން މަހެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







2018-08-05 15:42:38

Alhuveri dheenveriehgge kamugai mashooru v nama dho. Ekam heyorahumai lehvvumah edhen

Ibbe, 2018-08-05 16:43:34

Maruhoomage furaanayah suvarugeyge dhaaimee mathiveri numai lahvvaashi,Aameen,


މަރިޔަމް ވަހީދާ