އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޯމް ހުށަހަޅަން ބޮޑު "ޕްރޮސެސަނެއް" ނުބޭއްވީ މުޅި ސަރަހައްދު ފުރި ސްކޫލްތަކަށްވެސް އުނދަގޫވާނެތީ: ޒަމީރު

ފޯމް ހުށަހަޅަން ބޮޑު "ޕްރޮސެސަނެއް" ނުބޭއްވީ މުޅި ސަރަހައްދު ފުރި ސްކޫލްތަކަށްވެސް އުނދަގޫވާނެތީ: ޒަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު


ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ބޮޑު "ޕްރޮސެސަނެއް" ނުބޭއްވީ މުޅި ސަރަހައްދު ފުރި ސްކޫލްތަކަށްވެސް އުނދަގޫވާނެތީ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ފޯމް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒަމީރު މިއަދު ވިދާޅުވީ މާލޭގެ އިތުރުން ރާއްޖެތެރެއިންވެސް މި ރަސްމިއްޔާތަށް އަންނަން ގިނަ ބައަކު ބޭނުންވި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ހަމަ ނުޖެއްސީ މަގުތައް ފުރި ބާރުވެ ސްކޫލްތަކަށްވެސް އުނދަގޫވާނެތީ ކަމަށެވެ.

މޫސާ ޒަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފޯމް ބަލައިގެންފައި ކަމަށާއި 48 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީނަކީ ވަރަށް ބުރަފުޅުކޮށް، ޤައުމަށް ޚިދުމަތްކުރައްވާ ބޭފުލެއް ކަަމަށާއި މިހާރުވެސް ހުންނެވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ރާއްޖެތެރޭގައި ކަމަށެވެ.

މިފްކޯގެ މެނޭޖންގ ޑިރެކްޓަރު ޢަދްލީ އިސްމާޢީލް ވިދާޅުވީ ޤައުމުގެ ކުރިމަގަށް އެދޭނަމަ އެންމެން ވެސް ރައީސް ޔާމީނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވީހައި އަވަހަކަށް ރީރަޖިސްޓަރ ކުރުމުގެ ކަންކަން ނިންމަން ވެސް އެދިވަދައިގަންނަވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް