އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއި ކުރާނީ ސައްހަކަން ކަށަވަރު ކުރުމަށް ފަހު: އިބޫ

ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއި ކުރާނީ ސައްހަކަން ކަށަވަރު ކުރުމަށް ފަހު: އިބޫ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއި ކުރައްވާނީ ރީ ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. އަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަތޮޅު ނޮޅިވަރަމަށް ވަޑައިގެން އިބޫ ވިދާޅުވީ ރީ ރަޖިސްޓްރީ އަށް ހުށަހަޅާފައިވާ ޝަކުވާތައް އިސްލާހުކޮށް އެކުލަވައިލާ ލިސްޓު ދުރާލައި އިއުލާން ކުރެއްވުމަށެވެ. އެހެންނަމަވެސް އެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމު ނުކުރައްވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

ނޮޅިވަރަމްގެ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އޮޅުވާލަން ކުރާނެ ކަންކަން އެނގޭ ކަމަށާއި އެ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

މިދިޔަ 2013ގެ ރިއާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައި ވަނީ އިންތިހާބުގެ ކުރިން ވޯޓާސް ލިސްޓުގެ ސައްހަކަން ގަބޫލު ކުރައްވައި ކެންޑިޑޭޓުން ސޮއި ކުރަން ޖެހޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު